Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 37:10 - ކިތާބުލް މުޤައްދަސާ

10 ޔޫސުފުގެފާނު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި މި ހުވަފެންފުޅުގެ ވާހަކައިން އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަހަރު ޚަބަރު ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން އަޑުލެއްވިއެވެ. ”⁠ތިޔައީ ކޮންފަދަ ހުވަފެނެއް؟ އަހަރެންނާއި ތިބާގެ މައިމީހާގެ އިތުރުން ތިބާގެ އެންމެހާ އަޚުން ތިބާގެ ކުރިމައްޗަށް އައިސް ގުދުވެ ކުރުނީސް ކުރާނެކަމަށް ތިބާ ގަބޫލުކުރަމުތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 37:10
8 ပူးပေါင်းရင်းမြစ်များ  

އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“


އަހަރެމެން އެންމެން ދަނޑުގައި ތިބެ ގޮވާން ކެނޑުމަށް ފަހު ބޮނޑިބޮނޑިއަށް އެގޮވާން ބަންނަމުން ދިޔައިން. ކުއްލިއަކަށް އަހަރެން ބަނދެފައި އޮތް ގޮވާން ބޮނޑި ކޮޅަށް ޖެހުނު. އެ ހިނދު ތިބާމެން ބަނދެފައި ހުރި ބޮނޑިތައް އަހަރެންގެ ބޮނޑީގެ ވަށައިގެން އެއްވެ އެ ބޮނޑިއަށް ސަޖިދަކުރި.⁠“


މިހުވަފެންފުޅަށް ފަހު އެހެން ހުވަފެންފުޅެއް ވެސް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އަދި މި ހުވަފެންފުޅު ވެސް އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވެދެއްވުމުގެ ގޮތުން މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންނަށް ފެނުނު އެހެން ހުވަފެނެއްގައި އަހަރެންނަށް ޢިއްޒަތާއި ޤަދަރުކޮށް އިރާއި، ހަނދުގެ އިތުރުން އެގާރަ ތަރި އަހަރެންގެ ކުރިމަތީގައި ކުރުނީސްކުރަނިކޮށް އަހަރެންނަށް ފެނުނު.⁠“


ޔޫސުފުގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިގެން އެކަލޭގެފާނަށް ވެދުމަށް ގެނައި ހަދިޔާތައް އެރުވިއެވެ.


އެބައިމީހުން ޖަވާބުގައި މިފަދައިން ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ޚާދިމު، އަޅުގަނޑުމެންގެ ބަފައިކަލުން ހެޔޮ ޙާލުކޮޅުގައި ދުނިޔޭގައި އެބަހުންނެވި.⁠“ މިހެން ބުނުމަށް ފަހު، އެބައިމީހުން ޔޫސުފުގެފާނަށް ޤަދަރުކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރިއެވެ.


ޔަހޫޛާ އާއި އެހެނިހެން އަޚުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ދިޔަ ހިނދު ޔޫސުފުގެފާނު އެކަލޭގެފާނުގެ ގަނޑުވަރުގައި ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެބައިމީހުން މޫނު ބިންމަތީގައި ޖައްސާ ގުދުވެ ކުރުނީސްކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ