ފެށުން 36:9 - ކިތާބުލް މުޤައްދަސާ9-14 މިއީ ޢީސޫގެ ދަރިފަސްކޮޅު ފެށިގެން އައިގޮތެވެ. އޭނާއަކީ އަދޫމީންގެ ކާބަފައިކަލުންނެވެ. އެބައިމީހުން ދިރިއުޅެމުން ގެންދިޔައީ ފަރުބަދަމަތީ ރަށެއް ކަމުގައިވާ ސަޢީރުގައެވެ. ޢީސޫގެ ތިން އަނބިން ވިއެވެ. އެއީ ޢަދަތު، ބަސްމަތު އަދި އަހޫލީބާމަތުއެވެ. ތިރީގައިމިވަނީ އޭނާގެ ދަރިފަސްކޮޅު ފެށިގެން އައި ގޮތުގެ ވާހަކަތަކެވެ. ޢީސޫ އާއި ޢަދަތުއަށް ލިބުނު ފިރިހެން ދަރިއަކީ އަލީފާޒު އެވެ. އަދި އަލީފާޒަށް ލިބުނު ދަރިންނަކީ ތީމާން، އޫމާރު، ޞަފްވާ، ޖަޢްޘާމް އަދި ޤަނާޒު އެވެ. އަދި ޢީސޫގެ ދަރި އަލީފާޒުގެ ތިމްނާޢު އޭކިޔުނު ޖާރިޔާއަކު ވިއެވެ. މި ޖާރިޔާގެ ފަރާތުން އަލިފާޒަށް ލިބުނު ފިރިހެންދަރިއަކީ ޢަމާލިޤު އެވެ. ޢީސޫ އާއި ބަސްމަތަށް ލިބިފައިވާ ފިރިހެން ދަރިފުޅުގެ ނަމަކީ ރަޢޫއީލް އެވެ. އަދި މި ރަޢޫއީލްއަށް ލިބުނު ދަރިންނަކީ ނަޙަޘު، ޒާރަޙު، ޝައްމަތު އަދި މިއްޒަތު އެވެ. ޢީސޫ އާއި އަހޫލީބާމާއަށް ތިން ފިރިހެން ދަރިން ލިބިފައި ވިއެވެ. އެ ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް އަދި ޤޫރަޙު އެވެ. အခန်းကိုကြည့်ပါ။ |