5 އަދި ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ފިރިހެން ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް، އަދި ޤޫރަޙު އެވެ. ޢީސޫއަށް ލިބުނު މިހުރިހާ ދަރިންމެ އުފަންވީ ކަންޢާނުގެ ބިމުގައެވެ.
ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ދަރިންނަކީ މި ވަންހަތަކުގެ ކަމުވޮށިވެގެންވީ ވަންހަ ތަކެވެ. އެއީ ޔަޢޫޝް، ޔަޢްލާމް އާއި ޤޫރަޙުއެވެ. މިބައިމީހުންނީ ޢީސޫގެ އަނބި އަދި ޢަނަތުގެ އަންހެންދަރި އަހޫލީބާމާގެ ފަރާތުން އައި ދަރިފަސްކޮޅު ވެސްމެއެވެ.
ޢީސޫ އާއި ޢަދަތުއަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަމަކީ އަލީފާޒުއެވެ. ޢީސޫ އާއި ބަސްމަތުއަށް ލިބުނު ފިރިހެން ދަރިފުޅަކީ ރަޢޫއީލް އެވެ.
ޢީސޫ އޭނާގެ އެންމެހާ އަނބިދަރިންނާއި ޚާދިމުންނާއި އަދި އޭނާ އާއި އެކުގައި ދިރިއުޅެމުން ގެންދާ ހުރިހާ އެންމެންނާއި އަދި ކަންޢާނުން އޭނާއަށް މިލްކު ވީ އެންމެހާ މުދަލާއި ޖަނަވާރުތަކާއެކު އޭނާގެ ކޮއްކޮ ޔަޢުޤޫބުގެފާނާއި ދުރަށް ދިރިއުޅުމަށް ދިޔައެވެ.