4 ޢީސޫ އާއި ޢަދަތުއަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަމަކީ އަލީފާޒުއެވެ. ޢީސޫ އާއި ބަސްމަތުއަށް ލިބުނު ފިރިހެން ދަރިފުޅަކީ ރަޢޫއީލް އެވެ.
ޢީސޫގެ އުމުރުން ސާޅިސް އަހަރުގައި ޙިއްޘީންގެ ދެ އަންހެނުންނާއި އޭނާ ކައިވެނި ކުރިއެވެ. އެއީ ބީރީގެ އަންހެން ދަރިފުޅު ޔަހޫދީތު އާއި އީލޫންގެ އަންހެން ދަރިފުޅު ބަސްމަތު އެވެ.
އެއަށް ފަހު އިސްމާޢީލްގެފާނުގެ އަންހެން ދަރިކަނބަލުން ބަސްމަތު އާއި ކައިވެނި ކުރިއެވެ. މި ބަސްމަތު އަކީ ނަބާޔޫތުގެ އުޚުތާ ވެސްމެއެވެ.
އަދި ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ފިރިހެން ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް، އަދި ޤޫރަޙު އެވެ. ޢީސޫއަށް ލިބުނު މިހުރިހާ ދަރިންމެ އުފަންވީ ކަންޢާނުގެ ބިމުގައެވެ.
އެކުދިން ގެޔަށް އައުމުން އެކުދިންގެ ބައްޕަ ރަޢޫއީލު އެއްސެވެ. ”މިއަދު މިހާ އަވަހަށް ކަލޭމެން ތިޔަ އައީ ކީއްވެ؟“