32 އަދޫމުގައި ވެރިކަން ހިންގި ރަސްރަސްކަލުން ރަސްކަން ކޮށްފައި ވަނީ މި ބަޔާންކުރާ ތަރުތީބުންނެވެ. އެންމެ ފުރަތަމަ ރަސްކަން ކުރީ ބަޢޫރުގެ ދަރި ބާލަޢު އެވެ. އޭނާ އަކީ ދިންހާބަތުގެ ސަހަރުގެ މީހެކެވެ.
ބާލަޢު ނިޔާވުމަށް ފަހު ބުޞްރާ ސަހަރުގެ މީހެއް ކަމުގައިވާ ޔޫބާބުއަށް ރަސްކަން ލިބުނެވެ. މީނާ އަކީ ޒާރަޙުގެ ދަރިއެކެވެ.