23 ޝޫބާލްއަށް ލިބުނު ދަރިންނަކީ އަލްވާން، މަނާޙަތު، ޢައިބާލް، ޝަފޫ ގެ އިތުރުން އޫނާމް އެވެ.
ލޫޠާންއަށް ލިބިފައިވާ ދަރިންނަކީ ޙޫރީ އާއި ހައިމާމް އެވެ. އަދި ލޫޠާންގެ ދައްތަ އެއް ވެއެވެ. އެ ކަނބުލޭގެ ނަމަކީ ތިމްނާޢު އެވެ.
ޞިބްޢޫންއަށް ލިބިފައިވާ ދަރިންނަކީ އައްޔަތު އާއި ޢަނަތު އެވެ. އަދި މި ޢަނަތު އަކީ އޭނާގެ ބައްޕަގެ ހިމާރުތައް ބަލަހައްޓަމުން ގެންދިޔަ ދުވަސްވަރުގައި އެ ސަހަރާގެ ތެރޭން ހޫނުފެނުގެ ފެން އާރުތައް ހޯދި މީހާ ވެސްމެއެވެ.