Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 36:2 - ކިތާބުލް މުޤައްދަސާ

2 ކަންޢާނުގެ ތިން އަންހެނުންނާއި ޢީސޫ ކައިވެނި ކުރިއެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ ޙިއްޘީންގެ މީހެއް ކަމުގައިވާ އީލޫންގެ އަންހެންދަރި ޢަދަތު އާއިއެވެ. ދެވަނައަށް އޭނާ ކައިވެނި ކުރީ އަހޫލީބާމަތު އާއިއެވެ. މިކަނބުލޭގެ އަކީ ޙިއްވީއެއް ކަމުގައިވާ ޞަބްޢޫންގެ ކާފަދަރިއެކެވެ. އަދި ޢަނަތުގެ އަންހެން ދަރިވެސްމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 36:2
8 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ރިފްޤާ އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ޝަކުވާ އުފުލެއްވިއެވެ. ”⁠މި ކަންޢާނުގެ ޙިއްޘީންގެ އަންހެންވެރިންނާއި މެދު އަހަރެން ނަފްރަތު ކުރަމު. އެ އަންހެނުންތަކާއެކު ދިރިއުޅުން އަހަރެންނަށް މުސީބާތަކަށް ވެއްޖެ. ޢީސޫ ފަދައިން މި ރަށުގައި ދިރިއުޅެމުންގެންދާ ޙިއްޘީންގެ އަންހެނަކާ ޔަޢުޤޫބު ކައިވެނިކޮށްގެން އުޅޭތަން ބެލުމަށް ވުރެން އަހަރެން މަރުވުން ވެސް މާރަނގަޅު.⁠“


އޭރު ޢީސޫގެ ދެ އަނބިން ތިބި ކަމުގައި ވިއަސް އެކަލޭގެފާނުގެ ބަފައިފުށު ބޮޑުބޭބެ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަންހެން ދަރިކަލެއް ކަމުގައިވާ މަޙްލަތު އާއި ކައިވެނި ކުރެއްވިއެވެ. (މި މަޙްލަތު އަކީ ނަބާޔޫތުގެ އަންހެން ކޮއްކޮއެވެ. އެއީ އިބްރާހީމްގެފާނުގެ ކާފަ ދަރިކަލެއް ވެސްމެއެވެ.)


ޞިބްޢޫންއަށް ލިބިފައިވާ ދަރިންނަކީ އައްޔަތު އާއި ޢަނަތު އެވެ. އަދި މި ޢަނަތު އަކީ އޭނާގެ ބައްޕަގެ ހިމާރުތައް ބަލަހައްޓަމުން ގެންދިޔަ ދުވަސްވަރުގައި އެ ސަހަރާގެ ތެރޭން ހޫނުފެނުގެ ފެން އާރުތައް ހޯދި މީހާ ވެސްމެއެވެ.


ޢަނަތުއަށް ލިބިފައިވީ ދަރިންނަކީ ދީޝޫން އާއި އަދި އޭނާގެ އަންހެންދަރި އަހޫލީބާމަތު އެވެ.


އެއަށް ފަހު އިސްމާޢީލްގެފާނުގެ އަންހެން ދަރިކަނބަލުން ބަސްމަތު އާއި ކައިވެނި ކުރިއެވެ. މި ބަސްމަތު އަކީ ނަބާޔޫތުގެ އުޚުތާ ވެސްމެއެވެ.


”⁠ކަންޢާނުގެ މައްޗަށް މާތްކަލާނގެ ކޯފާ ލައްވާހުށި. އޭނާއަކީ އޭނާގެ ބައްޕަގެ ބޭބެއިންގެ އަޅުންގެ ތެރެއިން އެންމެ ދަށް އަޅު ކަމުގައި ވާހުށި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ