Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 36:19 - ކިތާބުލް މުޤައްދަސާ

19 މި ބަޔާންވެދިޔައީ ޢީސޫގެ ދަރިފަސްކޮޅުން އުފެދުނު ވަންހަ ތަކެވެ. (ޢީސޫއަށް މުޚާތަބުކުރާ އަނެއް ނަމަކީ އަދޫމް އެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 36:19
5 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޢީސޫ ޔަޢުޤޫބަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެން މިވަނީ ވަރަށް ބަނޑުހައިވެފަ. ތިބާ ތިޔަ ކައްކާ ރަތް ސުރުވާއިން ސުރުވާ ތައްޓެއް އަހަންނަށް ދީބަލަ.⁠“ (ޢީސޫއަށް އަދޫމުގެ ނަމުން މީހުން މުޚާތަބު ކުރަނީ މިހެން ވެގެންނެވެ.)


ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ދަރިންނަކީ މި ވަންހަތަކުގެ ކަމުވޮށިވެގެންވީ ވަންހަ ތަކެވެ. އެއީ ޔަޢޫޝް، ޔަޢްލާމް އާއި ޤޫރަޙުއެވެ. މިބައިމީހުންނީ ޢީސޫގެ އަނބި އަދި ޢަނަތުގެ އަންހެންދަރި އަހޫލީބާމާގެ ފަރާތުން އައި ދަރިފަސްކޮޅު ވެސްމެއެވެ.


އަދޫމްއަށް ޢީސޫ ދިޔުމުގެ ކުރިން އެ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅުނީ ޙޫރީންގެ ސަޢީރުގެ ދަރިފަސްކޮޅެވެ. ސަޢީރުގެ ދަރިފަސްކޮޅުން އައި ކަމުވޮށިވެގެންވީ ވަންހަތަކަކީ ލޫޠާން، ޝޫބާލް، ޞިބްޢޫން، ޢަނަތު، ދީޝޫން، އީޞަރު، އަދި ދީޝާން އެވެ. އަދި މިއީ ޙޫރީންގެ ވަންހަތަކުގެ ތެރެއިން ސަޢީރުގެ ދަރިކޮޅުން އަދޫމްގައި ދިރިއުޅެމުން ދިޔަ ވަންހަ ތަކެވެ.


އެހެންވީމާ ޢީސޫ ސަޢީރުގެ ފަރުބަދަތަކުގެ ކައިރި ފަށުގައި ދިރިއުޅެމުން ގެންދިޔައެވެ. (ޢީސޫއަށް އަދޫމްގެ ނަމުން ވެސް މުޚާތަބު ކުރެއެވެ.)


ޝާއުލްގެފާނު އިސްރާއީލުގެ ރަސްކަލަކަށް ވީއްސުރެ އެކި ދިމަދިމާއިން ދުޝްމަނުންނާ ކުރިމަތި ލައްވާފައި ވެއެވެ. އެކަލޭގެފާނު މުއާބީންނާއި ޢައްމޫނީންނާއި އަދޫމީންނާއި ޒޫބާގެ ރަސްކަލުންނާއި އެނޫން ވެސް ފިލިސްޠީނުންނާ ކުރިމަތި ލެއްވިއެވެ. އެއިން ކޮންމެ ބައެއްގެ މައްޗަށް ވެސް އެކަލޭގެފާނު ވަނީ ފަތަޙަ ހޯއްދަވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ