Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 36:18 - ކިތާބުލް މުޤައްދަސާ

18 ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ދަރިންނަކީ މި ވަންހަތަކުގެ ކަމުވޮށިވެގެންވީ ވަންހަ ތަކެވެ. އެއީ ޔަޢޫޝް، ޔަޢްލާމް އާއި ޤޫރަޙުއެވެ. މިބައިމީހުންނީ ޢީސޫގެ އަނބި އަދި ޢަނަތުގެ އަންހެންދަރި އަހޫލީބާމާގެ ފަރާތުން އައި ދަރިފަސްކޮޅު ވެސްމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 36:18
6 ပူးပေါင်းရင်းမြစ်များ  

ޢީސޫގެ ފިރިހެން ދަރިފުޅު ރަޢޫއީލް އަކީ މި ވަންހަތަކުގެ ކާބަފައިކަލުންނެވެ. އެއީ ނަޙަޘު، ޒާރަޙު، ޝައްމަތު އަދި މިއްޒަތު އެވެ. މި ވަންހަތަކަކީ އަދޫމްގައި ކަމުވޮށިވެގެންވީ ވަންހަތަކެވެ. އަދި މިއީ ޢީސޫއާއި ބަސްމަތުގެ ފިރިހެންދަރި ރަޢޫއީލްގެ ފަރާތުން އައި ދަރިފަސްކޮޅެވެ. ހަމައެހެންމެ މިބައިމީހުންނީ ބަސްމަތުގެ މާމަދަރިން ވެސްމެއެވެ.


މި ބަޔާންވެދިޔައީ ޢީސޫގެ ދަރިފަސްކޮޅުން އުފެދުނު ވަންހަ ތަކެވެ. (ޢީސޫއަށް މުޚާތަބުކުރާ އަނެއް ނަމަކީ އަދޫމް އެވެ.)


ކަންޢާނުގެ ތިން އަންހެނުންނާއި ޢީސޫ ކައިވެނި ކުރިއެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ ޙިއްޘީންގެ މީހެއް ކަމުގައިވާ އީލޫންގެ އަންހެންދަރި ޢަދަތު އާއިއެވެ. ދެވަނައަށް އޭނާ ކައިވެނި ކުރީ އަހޫލީބާމަތު އާއިއެވެ. މިކަނބުލޭގެ އަކީ ޙިއްވީއެއް ކަމުގައިވާ ޞަބްޢޫންގެ ކާފަދަރިއެކެވެ. އަދި ޢަނަތުގެ އަންހެން ދަރިވެސްމެއެވެ.


އަދި ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ފިރިހެން ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް، އަދި ޤޫރަޙު އެވެ. ޢީސޫއަށް ލިބުނު މިހުރިހާ ދަރިންމެ އުފަންވީ ކަންޢާނުގެ ބިމުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ