ފެށުން 35:8 - ކިތާބުލް މުޤައްދަސާ8 މިބައިމީހުން ބައިތުއީލްގެ ކައިރީގައި ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް ރިފްޤާގެ ދުވަސްވީ ޚާދިމާ ދަބޫރާ އެތަނުގައި ނިޔާވިއެވެ، އަދި ބައިތުއީލްގައި ހުރި ބިޔަ ގަހެއްގެ ދަށުގައި އެ ޚާދިމާ ވަޅުލިއެވެ. އެހެންވެ ކަރުނައިގެ ބޮޑުގަސް ކަމުގައި ބުނެ އެބައިމީހުން އެތަނަށް ނަން ދިނެވެ. အခန်းကိုကြည့်ပါ။ |
ދެން ކަލޭގެފާނު އެތަނުން ކުރިއަށް ދުރުވެ ތާބޫރުގެ ބޮޑު ގަހާ އަރާހަމަ ވާތަނާ ތިން މީހަކު އަންނަތަން ކަލޭގެފާނަށް ފެންނާނެ. އެމީހުން ދާނީ ބައިތުއީލުގައި ހުރި މާތްކަލާނގެ ފަރުބަދައަށް ދިއުމަށް. އެތަނުން އެކަކު ދާނީ ތިން ޅަބަކަރި ގޮވައިގެން. އަނެކެއްގެ އަތުގައި އޮތް ޓުކުރިއެއްގައި ތިން ބޯރޮށި އޮންނާނެ. އަނެއް މީހާގެ އަތުގައި މޭބިސްކަދުރު ދިޔައިގެ ހަމެއް އޮންނާނެ.