Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 35:5 - ކިތާބުލް މުޤައްދަސާ

5 އެއަށް ފަހު ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންގެ އިތުރުން އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެން ބައިތުއީލްއަށް ދިއުމަށް އެރަށުން ފުރިއެވެ. އެބައިމީހުންގެ ދަތުރުގައި މާތްކަލާނގެ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވިއެވެ. އެއާއެކު ކައިރީގައި ވީ ކަންޢާނުގެ އަވަށްތަކުގެ މީހުންގެ މައްޗަށް މާތްރަސްކަލާނގެ ބިރުވެރިކަން މެދުވެރިކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އެބައިމީހުންނަށް ޙަމަލައެއް ނާދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 35:5
16 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“


އެހެންވެ އެ ހުރިހާ އެންމެންގެ އަތުގައި ވީ ބުދުގެ ކަލާނގެތަކާއި އެމީހުންގެ ކަންފަތުގައި ލާފައިވާ އެންމެހާ ކަންފަތު މުދިތަކެއް ޔަޢުޤޫބުގެފާނަށް އެރުވިއެވެ. ދެން ޝަކީމްގެ އަވާށާއި ކައިރީގައި ވީ ބޮޑުގަހެއް ކަމުގައިވާ ކަށިބުރޮޅި ގަހުގެ ދަށުގައި އެތަކެތި އެކަލޭގެފާނު ވަޅުލެއްވިއެވެ.


ކަލޭމެން ދިއުމުގެ ކުރީގައި އެމީހުންގެ މައްޗަށް އަހަރެން ބިރުވެރިކަމެއް ފޮނުވާނަން. ކަލޭމެން ދިޔައިމާ އެމީހުންގެ މެދަށް އޮޅުންބޮޅުންކަން ފޮނުވާނަން ކަލޭމެންގެ ދުޝްމިނުން ބިރުން ފިލަން ދުވާނެ.


ކަލޭމެންގެ ސަރަހައްދު ބޮޑުކޮށް ދިނުމަށް އަހަރެން އެހެން ޤައުމުތަކުގެ މީހުން ފައްސާލާނަން. ކަލޭމެން އެތިން ޢީދު ފާހަގަކުރުމަށް އަހަރެންގެ ކުރިމައްޗަށް އަންނަމުން ދާހާ ދުވަހަކު ކަލޭމެން ދެކެ އެއްވެސް ބަޔަކަށް ހަސަދަވެރިވެ ކަލޭމެންގެ ބިމަށް ގަދަވެއެއް ނުގަނެވޭނެ.


އެކަލޭގެފާނު އެތަނުން ބޮޑު ދެ ގެރި ކޮށާ ކުދިކުދި ކުރެއްވުމަށް ފަހު އެއައި މީހުންގެ އަތުގައި އިސްރާއީލުގެ ކަންކޮޅުތަކަށް ފޮނުއްވިއެވެ. އަދި އެންގެވިއެވެ. ”⁠ޞަމޫއީލާއި ޝާއުލްއާއެކު ހަނގުރާމަ ކުރަން ނުނުކުންނަ ކޮންމެ މީހެއްގެ ގެރިތަކަށް ވެސް ވާނީ މިގޮތް.⁠“ މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ބިރުވެރިކަން ފޮނުއްވިއެވެ. ދެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި އަތުވެއްޖެއެވެ.


މިހެންވެ ފިލިސްޠީނުންގެ ލަޝްކަރުގެ ފޭލިގެތަކުގައިއާއި ދަނޑުމަތީގައި ތިބި މީހުންނާއި ބުރުޒުތަކުގެ މަތީ ފޯރިމަރަން ތިބި މީހުންނާއި ކުރިއަރައިގެން އައި ހަނގުރާމަވެރިން ބިރުގެންފިއެވެ. އެވަގުތު ބިންގަނޑު ގުޑުގުޑު އަޅައިގެންފިއެވެ. އެވަގުތު މާތްކަލާނގެ އެވަނީ އެމީހުން ފިތްކަނޑައިގެން ދާވަރުގެ ބިރުވެރި ކަމެއް ފޮނުއްވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ