Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 35:28 - ކިތާބުލް މުޤައްދަސާ

28-29 އިސްޙާޤުގެފާނު މުސްކުޅިކަމުގެ ނިހާޔަތުގައި މިދުނިޔޭގައި އުޅުއްވުމަށް ފަހު އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭކަ އަށްޑިހަ އަހަރުގައެވެ. އަދި އިސްޙާޤުގެފާނުގެ ދެދަރިކަލުން ކަމުގައިވާ ޢީސޫއާއި ޔަޢުޤޫބުގެފާނާއި ދެބޭކަލުން އެކަލޭގެފާނު ފަސްދާނު ލެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 35:28
5 ပူးပေါင်းရင်းမြစ်များ  

ދެވަނަ ދަރިފުޅާއިގެން ރައްކާވެ ވަޑައިގެންނެވި ހިނދު އެ ދަރިކަލުން އޮންނެވީ ދޮށީ ދަރިކަލުން ޢީސޫގެ ފުންނާބުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އެދަރިފުޅަށް ޔަޢުޤޫބުއޭ ކިޔައި ނަން ދެއްވިއެވެ. އިސްޙާޤުގެފާނަށް މި ދެދަރިކަލުން ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން ފަސްދޮޅަސް އަހަރު ގައެވެ.


އިބްރާހީމްގެފާނު އަވަހާރަވީ އުމުރުފުޅުން ސަތޭކަ ހަތްދިހަ ފަސް އަހަރުގައެވެ.


ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެންނެވިފަހުން ސަތާރަ އަހަރު ދުނިޔޭގައި ހުންނެވުމަށް ފަހު، އެކަލޭގެފާނު އަވަހާރަވީ އުމުރުފުޅުން 147 އަހަރުގައެވެ.


ޔަޢުޤޫބުގެފާނު ފިރުޢައުނަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންގެ އުމުރުން މިހާރު ސަތޭކަ ތިރީސް އަހަރު. އަހަރެންގެ މުޅި އުމުރު ހޭދަވެ ގޮސްފައި މިވަނީ އެއްތަނުން އަނެއްތަނަށް ދިއުމުގައި. އަހަރެންގެ ކާބަފައިން ފަދައިން އަހަރެންގެ އުމުރު ދިގެއް ނޫން. އެއީ އަހަރެންގެ ދިރިއުޅުން ވަނީ އެތައް ވޭނަކާއި ހިތާމައަކުން ފުރިފައި.⁠“


ޔޫސުފުގެފާނު އަވަހާރަވީ އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ ދިހަ އަހަރުގައެވެ. އެކަލޭގެފާނު އަވަހާރަވުމުން ޙަކީމުން އެކަލޭގެފާނުގެ ހަށިކޮޅު ވަޅުފުޅުލުމަށް ތައްޔާރު ކޮށް އެހަށިކޮޅު ސަންދޯކަށް ލައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ