Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 35:23 - ކިތާބުލް މުޤައްދަސާ

23-26 ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ. ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ. މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 35:23
33 ပူးပေါင်းရင်းမြစ်များ  

ލަބާންއަށް ދެއަންހެން ދަރިން ލިބިފައިވެއެވެ. އެ ދެދަރިންގެ ތެރެއިން ދޮށީ ދަރިފުޅަކީ ލައިއަތުއެވެ. އަދި ހަގު ދަރިފުޅަކީ ރާޙީލްއެވެ.


ޔަޢުޤޫބުގެފާނު ލައިއަތު ދެކެ ލޯބި ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވިއެވެ. އެހެންކަމަށް ވުމާއެކު މާތްރަސްކަލާނގެ ލައިއަތުއަށް ދަރިން ލިބިދެއްވުމަށް އިރާދަކުރެއްވި އެވެ. އެ ހިނދު ރާޙީލް ވަނީ ދަރިމައިވުމުން މަޙުރޫމް ވެފައެވެ.


އަދި ދެ ޖާރިޔާއިން ކަމުގައިވާ ޒިލްފާ އާއި ބިލްހާ އާއި އަދި އެ ދެ ޖާރިޔާއިންނަށް ލިބިފައިވާ ދަރިން އެންމެ ކުރިޔަށް ނެރުއްވިއެވެ. އޭގެފަހަތަށް ލައިއަތު އާއި އެކަނބުލޭގެއަށް ލިބިފައިވާ ކުދިން ނެރުއްވައި އަދި އެންމެ ފަހަތުގައި ރާޙީލް އާއި ޔޫސުފުގެފާނު ބެހެއްޓެވިއެވެ.


”⁠ރައޫބައިން. ތިބާއީ އަހަރެންގެ ފުރަތަމަ ދަރިފުޅު. ތިބާގެ އުފަންވުން ދައްކައިދިނީ އަހަރެންގެ ފިރިހެންވަންތަ ކަމުގެ ބާރު. އަހަރެންގެ ދަރިންގެ ތެރެއިން ތިބާއަށް ވަނީ އެންމެ މަތިވެރި މަޤާމު. އަދި ތިބާއީ އެންމެ ބާރުގަދަ ކުއްޖާ ވެސްމެ.⁠“


މިއީ ޔަޢުޤޫބުގެފާނާއެކު މިޞްރަށް ގެންދެވި އިސްރާއީލުގެ ދަރިންނާއި އެދަރިންގެ އާއިލާގެ ނަންތަކެވެ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’⁠ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.⁠‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.


އަވަށުގެ ބޮޑުންނާއި އަދި ވެސް އެތާނގައި ވީ ހުރިހާ އެންމެން ބޫޢަޒުއަށް ބުންޏެވެ. ”⁠އަހަރެމެން ތިޔަ ކަންތައްތަކަށް ހެކި ވެއްޖައީމު. މާތްރަސްކަލާނގެ ކަލޭގެ އަންހެނުންނަށް އެކަލާނގެ ޔަޢުޤޫބުގެފާނުގެ ދެއަނބިކަބަލުން ލައިއަތު އާއި ރާޙީލް އަށް ދެއްވި ފަދަ ދަރިން ދެއްވާށި. އެ ދަރިން ވަނީ އިސްރާއީލުގެ ޤައުމު ބިނާކޮށްފައި. އަދި ކަލެއަކީ އަފްރާތާ ގަބީލާގައި މުއްސަންޖަކު ކަމުގައި ލައްވައި ބައިތުލަޙަމުގައި ބޮޑަކު ކަމުގައި ލައްވާފާނދޭވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ