Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 35:22 - ކިތާބުލް މުޤައްދަސާ

22 މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 35:22
36 ပူးပေါင်းရင်းမြစ်များ  

ރާޙީލް ވަނީ މަރުގެ ތުންފަތްމަތީގައެވެ. އެހެންވެ އެކަނބުލޭގެ އެ ދަރިފުޅަށް ބަންއޫނީގެ ނަމުން ނަންދިނެވެ. އެއަށް ފަހު އެކަނބުލޭގެ ނިޔާވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެދަރިފުޅަށް ބަންޔާމީންގެ ނަމުން ނަން ދެއްވިއެވެ.


ދާއޫދު ރަސްގެފާނަށް މި ޚަބަރު ލިބިގެން ވަރަށް ކޯފާވެއްޖެއެވެ.


ދެން ދާއޫދުގެފާނު ޖެރޫސަލަމަށް ވަޑައިގެންފިއެވެ. ގަނޑުވަރަށް ވަޑައިގެން އެކަލޭގެފާނުގެ ގަނޑުވަރު ބަލަހައްޓަން ބައިތިއްބި ދިހަ ޖާރިޔާއިން ޚާއްސަ ގެޔަކަށް ފޮނުއްވައި ލައްވައިފިއެވެ. އެގޭގެ ވަށައިގެން ފާރަވެރިން ބައިތިއްބިއެވެ. ދާއޫދުގެފާނު އެ ޖާރިޔާއިންނަށް ބޭނުންވާ ޒުރޫރީ ބޭނުންތައް ފުރިހަމަކޮށް ދެއްވިއެވެ. އެހެންނަމަވެސް އެމީހުންނާއެކު ޖިންސީ އެއްވެސް ގުޅުމެއް ނުބާއްވައެވެ. އެމީހުން މަރުވެ ދިޔައީ ހުވަފަތް އަނބިންތަކެއްގެ ގޮތުގައި އެހެން ތިބެގެންނެވެ.


އެދުވަސްވަރު ލާވީ ގަބީލާގެ ފިރިހެނަކު އެގަބީލާގެއަންހެނަކާ ކައިވެނިކުރިއެވެ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’⁠ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.⁠‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.


ސަހަރުގެ ފާރު ރާނާފައި ވަނީ ބިންގަލުގައި ބާރަ ގާ ޖަހައިގެންނެވެ. އެއިން ކޮންމެ ގަލެއްގައި ޅަކަންބަޅީގެ ބާރަ މަންދޫބުންގެ ނަން ލިޔެވިގެންވިއެވެ.


މިހާރު ޢާލީ ވަނީ މުސްކުޅިވެފަ އެވެ. އޭނާގެ ދަރިން ބަނީއިސްރާއީލުގެ މީހުންނާމެދު ކަންތައް ކުރާ ގޮތާއި، މުޤައްދަސް ފޭލިގެކޮޅު ދޮރުމަތީގައި އުޅޭ މަސައްކަތު އަންހެނުންނާ އެކު ހިންގާ ނަހަމަ ގުޅުމުގެ ވާހަކަ އޭނާގެ ކަންފަތަށް އަރަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ