ފެށުން 35:2 - ކިތާބުލް މުޤައްދަސާ2 އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެންނަށް މިފަދައިން އެންގެވިއެވެ. ”ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްކަލާނގެއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ. အခန်းကိုကြည့်ပါ။ |
މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.
އިނބަރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލުން ފަދަ އެހެން ބައެއް ކޮބައިތޯ؟ ދުނިޔޭގެ ބިންމަތީގައި އެކަލާނގެއަށް ޚާއްސަ ކުރެއްވި އެހެން ޤައުމެއް ވޭތޯ؟ މިޞްރުގެ އަޅުންގެ ގޮތުގައި ތިއްބައި އެ އަޅުވެތިކަމުން އެމީހުން ސަލާމަތް ކުރައްވައި އިނބަރަސްކަލާނގެ ނަންފުޅު މަތިވެރި ކުރެއްވުމަށްޓަކައި ހައިރާންވަނިވި ބޮޑެތި މުޢުޖިޒާތްތައް ދައްކަވައި އެހެނިހެން ޤައުމުތަކާއި އެމީހުންގެ ކަލުންތައް އަޅަމެންގެ ކުރިމަތީގައި ފައްސަވާލެއްވީ އިނބަރަސްކަލާނގެ.
ތިޔަ އެންމެންނަށް ވެސް އަޑު އިވި އެނގިފައި ވާނޭ ފަދައިން މި ޕައުލް އޭ ކިޔުނު މީހާ އެންމެން ކާރީ ބުނަމުން އެދަނީ އަތުން ހަދާފައިވާ ކަލާނގެތަކަކީ ކަލާނގެއެއް ނޫން ކަމުގައޭ. އަދި މި ކަންތައްތައް މި ފަދައިން ވަމުން ދަނީ ހަމައެކަނި އެފޭސުސްއަކު ނޫނޭ. މުޅި މި ސަރަހައްދުގައި ވެސް މި ކަންތައްތައް މި ފަދައިން ފެތުރެމުން އެބަދެއޭ.
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”އާނއެކެވެ. އަމާންކަން މަތީގައެވެ. އަހަރެން މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރަން. ކަލޭމެން ސާފުތާހިރުވެ އަޅުކަމަށް ތައްޔާރުވެގެން އަހަންނާއެކު ޤުރުބާނީ ކުރަން އާދޭ.“ ދެން އެކަލޭގެފާނު ޔައްސާ އާއި އޭނާގެ ދަރިން ސާފުތާހިރު ކުރުވައި ތައްޔާރު ކުރެއްވުމަށް ފަހު ޤުރުބާނީ ވެދުން ކުރުމަށް އެމީހުންނަށް ވެސް ދައުވަތު ދެއްވިއެވެ.
މިހެންވެ ޞަމޫއީލް އިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގިއެވެ. ”ކަލޭމެން ހިތުގެ އަޑިން މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވާން ބޭނުންނަމަ ކަލޭމެން ތިޔަ ގެންގުޅޭ އެހެނިހެން ކަލުންނާއި ޢަޝްތާރޫތުގެ ސޫރަތައް ދޫކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެކަނި އަޅުކަން ޚާލިސް ކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވާނެ.“