ފެށުން 35:16 - ކިތާބުލް މުޤައްދަސާ16 އޭގެ ދުވަސްކޮޅެއްގެ ފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ މީސްތަކުން ބައިތުއީލް އިން ފުރައިގެން ދަތުރުކުރެއްވިއެވެ. އަދި އެބައިމީހުން އަފްރާތާ އާއި ދުރުގައިވަނިކޮށް ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ދިމާވިއެވެ. အခန်းကိုကြည့်ပါ။ |
އަހަރެން މި ހުރިހާ ކަމެއް މިފަދައިން މިކުރަނީ ތިބާގެ މައިކަނބަލުން ރާޙީލްއަށްޓަކައި. އަހަރެން ހުޅަނގު އުތުރު މެސޮޕޮޓޭމިއާއިން ދަތުރުކޮށް އައި މަގުމަތީގައި އަފްރާތާ އާއި މާ ދުރުނޫން ހިސާބެއްގައި ކަންޢާނުގައި ރާޙީލް ނިޔާވި. އޭރު އަހަރެމެން ދަތުރު ކުރަމުން ގެންދިޔައީ އަފްރާތާ އާއި ދިމާލަށް. މިކަންތަކުން އަހަރެންނަށް ވަރަށް ހިތްދަތިކަން ލިބުނު. އަދި އަފްރާތާއަށް ދާ މަގުގެ އެއްފަރާތުގައި އަހަރެން އޭނާ ވަޅުލިން.“ (މިހާރު އަފްރާތާގެ ނަމަކީ ބައިތުލަޙަމެވެ.)
އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
އަވަށުގެ ބޮޑުންނާއި އަދި ވެސް އެތާނގައި ވީ ހުރިހާ އެންމެން ބޫޢަޒުއަށް ބުންޏެވެ. ”އަހަރެމެން ތިޔަ ކަންތައްތަކަށް ހެކި ވެއްޖައީމު. މާތްރަސްކަލާނގެ ކަލޭގެ އަންހެނުންނަށް އެކަލާނގެ ޔަޢުޤޫބުގެފާނުގެ ދެއަނބިކަބަލުން ލައިއަތު އާއި ރާޙީލް އަށް ދެއްވި ފަދަ ދަރިން ދެއްވާށި. އެ ދަރިން ވަނީ އިސްރާއީލުގެ ޤައުމު ބިނާކޮށްފައި. އަދި ކަލެއަކީ އަފްރާތާ ގަބީލާގައި މުއްސަންޖަކު ކަމުގައި ލައްވައި ބައިތުލަޙަމުގައި ބޮޑަކު ކަމުގައި ލައްވާފާނދޭވެ!