ފެށުން 35:11 - ކިތާބުލް މުޤައްދަސާ11 އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ. အခန်းကိုကြည့်ပါ။ |
”ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާއަކީ މިއީ: ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ލައްވާނެ ކަމުގެ ވަޢުދު ކުރައްވަމު. އެ ސަބަބަށްޓަކައި އަބްރާމްގެ ބަދަލުގައި ތިބާގެ ނަމަކަށް މީގެފަހުން ވާނީ އިބްރާހީމް. އެއީ ތިބާއަކީ އެތައް ޤައުމު ތަކެއްގެ ކާބަފައިކަލުން ކަމުގައި ވާނެތީ.
ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.“