Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 35:1 - ކިތާބުލް މުޤައްދަސާ

1 މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވި ހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 35:1
21 ပူးပေါင်းရင်းမြစ်များ  

އެތަނުން އަބްރާމް ބައިތުއީލްގެ އިރުމަތީގައިވާ ފަރުބަދަތަކުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވިއެވެ. އެފޭލިގެ ޖެއްސެވީ އެފޭލިގޭގެ ހުޅަނގަށް ބައިތުއީލް ވާ ގޮތަށް އަދި އިރުމައްޗަށް ޢާއްޔަ އޭކިޔުނު ރަށް ވާގޮތަށެވެ. އެތަނުގައި ވެސް އަބްރާމް ހިލަފުންޏެއް އެއްކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ.


އެތަނުގެ ނަމެއްގެ ގޮތުގައި ”⁠މާތްރަސްކަލާނގެ މެދުވެރި ކުރެއްވުން⁠“ ކަމުގައި ވިދާޅުވެ އެތަނަށް އިބްރާހީމްގެފާނު ނަންދެއްވިއެވެ. މި ފޮތް ލިޔުނު ދުވަސްވަރު ހަރުބަހެއްގެ ގޮތުގައި އެޙާދިސާއަށް ނިސްބަތްކުރައްވާ މީސްތަކުން މިފަދައިން ބުނެއުޅުނެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ފަރުބަދައިގައި މެދުވެރިކޮށްދެއްވާނެ.⁠“


އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނު ކުރައްވަމުން ގެންދެވި ދަތުރުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އިރުމަތީގައި މީސްތަކުން ދިރިއުޅެމުން ގެންދާ ރަށްތަކާއި ހަމައަށް ވަޑައިގެންނެވިއެވެ.


ތިމަންކަލާނގެއީ އެތަނެއްގައި ތިބާ ނިދަން ބޯއަޅައިގެން އޮތް ހިލަ ތިމަންކަލާނގެ ކިބަފުޅަށް ހުށަހަޅައި އަދި އެ ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތަނުގައި ޖަހައި ޒައިތޫނި ތެޔޮ އަޅައި ތިމަންކަލާނގެ އާއިމެދު ވަޢުދުވި ތަން ކަމުގައިވާ ބައިތުއީލްގައި ތިބާއާ އެކުގައި ވީ ކަލާނގެއޭ. ތިބާ މިތަން ދޫކޮށް އުފަންވި ރަށަށް އެނބުރި ދިއުމަށް ތިމަންކަލާނގެ މިހާރު އެދިވޮޑިގަންނަވަމޭ.⁠‘⁠“


އެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޔަޢުޤޫބުގެފާނަށް މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިބާގެ ކާބަފައިންނާއި ގާތްތިމާގެ މީހުންގެ ރަށަށް އެނބުރި ދޭ. ތިމަންކަލާނގެ ތިބާއާ އެކުގައި ވޮޑިގެން ވާހުށީމު.⁠“


ނަމަވެސް ޝިމްޢޫން އާއި ލާވީ ރުޅިވެރިކަމާއެކު މިފަދައިން ޖަވާބު ދިނެވެ. ”⁠އަހަރެމެންގެ އަންހެން ކޮއްކޮ އާއިމެދު ކަސްބީ އަންހެނަކަށް ހިތާފަދައިން ހިތުމަކަށް އަހަރެމެން ނޭދޭނަމު.⁠“


އެއަށް ފަހު ބައިތުއީލްގެ ނަމުން ޔަޢުޤޫބުގެފާނު އެތަނަށް ނަންދެއްވިއެވެ. އެއީ އެތަނެއްގައި މާތްކަލާނގެ އެކަލޭގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އަދި އެކަލާނގެ ބަސްވަޙީ ކުރެއްވި ތަން ކަމުގައި ވާތީއެވެ.


އެތަނުގައި މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”⁠ބައިތުއީލްގެ މާތްކަލާނގެ⁠“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.


ފިރުޢައުނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ގަތުލުކުރައްވަން ހޯއްދެވިއެވެ. އޭރު މޫސާގެފާނު ފިރުޢައުނަށް ފިއްލަވައިގެން މިދްޔާނަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު އެރަށަށް ވަޑައިގެން އެތާ ހުރި ވަޅެއްގެ ކާރީގައި އިށީނދެވަޑައިގެން އިންނެވިއެވެ.


ދެން ކަލޭގެފާނު އެތަނުން ކުރިއަށް ދުރުވެ ތާބޫރުގެ ބޮޑު ގަހާ އަރާހަމަ ވާތަނާ ތިން މީހަކު އަންނަތަން ކަލޭގެފާނަށް ފެންނާނެ. އެމީހުން ދާނީ ބައިތުއީލުގައި ހުރި މާތްކަލާނގެ ފަރުބަދައަށް ދިއުމަށް. އެތަނުން އެކަކު ދާނީ ތިން ޅަބަކަރި ގޮވައިގެން. އަނެކެއްގެ އަތުގައި އޮތް ޓުކުރިއެއްގައި ތިން ބޯރޮށި އޮންނާނެ. އަނެއް މީހާގެ އަތުގައި މޭބިސްކަދުރު ދިޔައިގެ ހަމެއް އޮންނާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ