Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:9 - ކިތާބުލް މުޤައްދަސާ

9 އަދި އަހަރެމެންގެ ތެރޭގައި މި ގޮތަށް ކައިވެނީގެ އެއްބަސްވުމެއް ހަމަޖައްސަމާހިނގާ. ތިޔަބައިމީހުންގެ އަންހެން ދަރިން އަހަރެމެންގެ ފިރިހެން ދަރިންނާ ކައިވެނި ކުރުމަށް ތިޔަބައިމީހުން ދޭނީ. އަދި އަހަރެމެންގެ އަންހެންދަރިން ތިޔަބައިމީހުންގެ ފިރިހެންދަރިންނާ ކައިވެނިކުރުމަށް އަހަރެމެން ދޭނީ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:9
9 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


އެއަށް ފަހު ރިފްޤާ އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ޝަކުވާ އުފުލެއްވިއެވެ. ”⁠މި ކަންޢާނުގެ ޙިއްޘީންގެ އަންހެންވެރިންނާއި މެދު އަހަރެން ނަފްރަތު ކުރަމު. އެ އަންހެނުންތަކާއެކު ދިރިއުޅުން އަހަރެންނަށް މުސީބާތަކަށް ވެއްޖެ. ޢީސޫ ފަދައިން މި ރަށުގައި ދިރިއުޅެމުންގެންދާ ޙިއްޘީންގެ އަންހެނަކާ ޔަޢުޤޫބު ކައިވެނިކޮށްގެން އުޅޭތަން ބެލުމަށް ވުރެން އަހަރެން މަރުވުން ވެސް މާރަނގަޅު.⁠“


އަހަރެމެންނާއި އެކުގައި ތިޔަބައިމީހުން މިރަށުގައި ދިރިއުޅޭނީ. ތިޔަބައިމީހުން އެދޭ ތަނަކުން ބިން ގަނެ އަދި ވިޔާފާރިވެސް ކުރަންވީ.⁠“


ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އެންމެހާ ދަރިންގެ ފަރާތުން ޙަމޫރު މިފަދައިން އެދުނެވެ. ”⁠އަހަރެންގެ ފިރިހެން ދަރިފުޅު ޝަކީމް ތިބާގެ އަންހެން ދަރިފުޅުގެ މައްޗަށް ނުހަނު ލޯބި ބޮޑުވެއްޖެ. އަހަރެންގެ ދަރިފުޅުގެ އަނތްބަކަށް އެކަނބުލޭގެ ދިނުމަށް އަހަރެން ވަރަށް ބޮޑަށް އެދެމު.


މާތްކަލާނގެ ދަރިންނަށް އިންސާނުންގެ އަންހެން ދަރިން ފެނި އެމީހުން ރީތިވިއެވެ. އެކުދިންގެ ތެރޭން އެމީހުން ރުހޭ ކުއްޖަކާ އެ ދަރިން ކައިވެނި ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ