Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:7 - ކިތާބުލް މުޤައްދަސާ

7 އެވަގުތަކީ ޔަޢުޤޫބުގެފާނުގެ ހުރިހާ ފިރިހެން ދަރިން ވެސް މައިދާނުން އެނބުރި ގެއަށް އައި ވަގުތު ވެސްމެއެވެ. އަދި އެކުދިންގެ އަންހެންކޮއްކޮގެ ޢިއްފަތްތެރިކަން ފޭރިގަތުގެ ޚަބަރު ލިބުނު ހިނދު އެމީހުން ދިޔައީ ރުޅިއައިސް ރަންކަނިބުރައި ގެންނެވެ. އެއީ ޢިއްފަތްތެރިކަން ފޭރިގަތުމަށް ވުރެން ވަކިން ބޮޑު ބަދުނާމެއް ލިބޭނޭ އެހެން ކަމެއް ނެތީމައެވެ. އަދި ޝަކީމްގެ މި ޢަމަލަކީ އިސްރާއީލީންގެ ތެރޭގައި ކުރެވި ދިޔަ އެންމެ ނުބައި އެއް އަމަލު ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:7
27 ပူးပေါင်းရင်းမြစ်များ  

ދެން އަބީމާލިކުގެ ގާތަށް އިބްރާހީމްގެފާނު ގެންނަވައި ވިދާޅުވިއެވެ. ”⁠ކަލޭގެފާނު ތިޔަ ކުރެއްވީ ކޮންފަދަ ކަމެއް؟! އަހަރެންގެ ރަސްކަމާއި އަދި މި ޤައުމުގެ މައްޗަށް މިފަދަ ބޮޑު މުސީބާތެއް ޖެހުމަށް ކަލޭގެފާނު ބޭނުންފުޅުވީ އަހަރެން ކަލޭގެފާނާމެދު ކޮންކަމެއް ކޮށްގެންކަން ބުނެދެއްވަ ބައްލަވާ؟ މިއީ އިންސާނުން ކުރާ ކަހަލަ ކަންތައްތޯ؟


އަދި، ޝަކީމްގެ ބައްޕަ ޙަމޫރު، ޔަޢުޤޫބުގެފާނުގެ އަރިހަށް ވާހަކަ ދެއްކުމަށް އައެވެ.


ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އެންމެހާ ދަރިންގެ ފަރާތުން ޙަމޫރު މިފަދައިން އެދުނެވެ. ”⁠އަހަރެންގެ ފިރިހެން ދަރިފުޅު ޝަކީމް ތިބާގެ އަންހެން ދަރިފުޅުގެ މައްޗަށް ނުހަނު ލޯބި ބޮޑުވެއްޖެ. އަހަރެންގެ ދަރިފުޅުގެ އަނތްބަކަށް އެކަނބުލޭގެ ދިނުމަށް އަހަރެން ވަރަށް ބޮޑަށް އެދެމު.


ދާއޫދު ރަސްގެފާނަށް މި ޚަބަރު ލިބިގެން ވަރަށް ކޯފާވެއްޖެއެވެ.


އަހަންނަށް ފެނުނީ ހޭނުޖެހޭ ޒުވާނުންތަކެކެވެ. އޭގެ ތެރޭން އެކަކީ އަދި މާ މޮޔަ ސޮރެކެވެ.


ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ ބައެކެވެ. އެހެންވީމާ، ތިޔަބައިމީހުންގެ ތެރޭގައި ޖިންސީ ފާފަވެރިކަން އަދި ނުތާހިރު ދިރިއުޅުން އަދި ދަހިވެތިކަން ވުމަކީ އެއްގޮތަކަށް ވެސް ހުރެގެންވާނެ ކަންތައްތަކެއް ނޫނެވެ.


އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.


މީގެ އިތުރުން މިފަދަ ކުދިންގެ ކަންނެތްކަމާއި އެއްގެއިން އަނެއް ގެއަށް ވާހަކަ އުފުލުމުގައި ވަގުތު ދުއްވާލެވެއެވެ. އަދި އަނެކުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެކުދިންނާ ނުބެހުނަސް ބެހި ބަސްބުނެ ހަދައެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ޙަމްދު ތަޢުރީފުގެ ބަސްތަކާއި ބަދު ދުޢާތަކުގެ ބަސްތައް ބުނަމުން ގެންދަނީ އެއް ދުލަކުންނެވެ. އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! މިފަދައިން އަހަރެމެން އަމަލުކުރުމަކީ ހަމަ ޔަޤީނުން ވެސް ހެޔޮވާވަރުގެ ކަމެއް ނޫނެވެ!


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ