Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:4 - ކިތާބުލް މުޤައްދަސާ

4 އެންމެފަހުން މި ޝަކީމް ދީނާއަށް ބޭނުންވެފައިވާ ވަރުން އޭނާގެ ބައްޕަ، ޙަމޫރަށް މިވާހަކަ މިފަދައިން ހުށަހެޅިއެވެ. ”⁠އަހަރެންނަށް މިކަނބުލޭގެއާއި ކައިވެނި ކުރެވޭނޭ ގޮތެއް ހަމަޖައްސައި ދިނުމަށް ބައްޕައަށް އަހަރެން އެދެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:4
6 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ދިރިއުޅުއްވާފައި ވަނީ ފާރާންއޭ ކިޔުނު ސަހަރާގެ ތެރޭގައެވެ. އެކަލޭގެފާނު ކައިވެނި ބައްލަވައި ގަތުމަށް މިޞްރުން އަންހެން ކުއްޖަކު އެކަލޭގެފާނުގެ މައިކަނބަލުން ހޮއްވެވިއެވެ.


މިއަށް ފަހު ޝަކީމް ދީނާގެ ޖަޒުބާތުގައި ޖެހި އެކަނބުލޭގެ ދެކެ ނުހަނު ލޯބިވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު އެކަނބުލޭގެއާއި ވާހަކަ ދެއްކިއެވެ.


ޝަކީމް ދީނާގެ ޢިއްފަތްތެރިކަން ފޭރިގަނެ އަދި އެއްވެސް އިޙުތިރާމެއްނެތް ފަދަ ގޮތަކަށް އަމަލު ކުރިކަމުގެ ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންފިއެވެ. އެހެނަސް ޖަނަވާރުތައް ގޮވައިގެން އެންމެހާ ފިރިހެން ދަރިން މައިދާނަށް ހުއިހައްޕަން ގޮސްވުމުގެ ސަބަބުން އެކަލޭގެފާނު ހަނުހިމޭނުން ހުންނެވީއެވެ.


އޭރަކުން އަހަރެންނަކަށް މި ލަދަކުން ދުވަހަކު ވެސް ސަލާމަތެއް ނުވެވޭނެ. އަދި ބޭބެއަކީ ވަރަށް ނުބައި ދަށުދަރަޖައިގެ މޮޔައެއްކަމަށް މީހުން ދެކޭނެ. ބައްޕާފުޅަށް ދެންނެވީމާ އަހަރެމެން ދެމީހުން ކައިވެނި ކުރަން ހުއްދަ ދެއްވާ ވެސް ފާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ