ފެށުން 34:31 - ކިތާބުލް މުޤައްދަސާ31 ނަމަވެސް ޝިމްޢޫން އާއި ލާވީ ރުޅިވެރިކަމާއެކު މިފަދައިން ޖަވާބު ދިނެވެ. ”އަހަރެމެންގެ އަންހެން ކޮއްކޮ އާއިމެދު ކަސްބީ އަންހެނަކަށް ހިތާފަދައިން ހިތުމަކަށް އަހަރެމެން ނޭދޭނަމު.“ အခန်းကိုကြည့်ပါ။ |
އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.“
މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވި ހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.“
”އެމީހުންގެ ރުޅިވެރި ކަމާހެދި އެމީހުންގެ މައްޗަށް ލަޢުނަތް ލައްވާނެ. އެއީ އެމީހުން ކުރާ އަނިޔާވެރި ޢަމަލަކަށް ވާތީވެ. އެބައިމީހުންގެ އަނިޔާވެރިކަމަށްޓަކައި އެމީހުންނަށް ލަޢުނަތް ލައްވާނެ. ސަބަބަކީ އެ ޢަމަލަކީ އެއްވެސް އޯގާތެރިކަމެއް ނެތް ޢަމަލަކަށް ވާތީ. އަދި ބަނީ އިސްރާއީލީންގެ އެންމެހާ ގަބީލާތަކުގެ މައްޗަށް އަހަރެން އެބައިމީހުން ވިއްސިވިހާލި ކުރުވާނަމު.“