Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:30 - ކިތާބުލް މުޤައްދަސާ

30 އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:30
33 ပူးပေါင်းရင်းမြစ်များ  

މިޞްރުގެ މީހުންނަށް ތިބާގެ ރީތިކަން ފެނުމުން ބުނާނެ. ’⁠މިއީ މިމީހާގެ އަންހެނުން.⁠‘ ދެން އެމީހުން ތިބާ ގެންގޮސްފާ އަހަރެން މަރާލާފާނެ.


ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


އަބްރާމް ދަތުރުކުރައްވާ ޝަކީމް ގައިވާ މޫރަތުގެ މަޝްހޫރު ބޮޑު ގަހާއި ހަމައަށް ވަޑައިގެންނެވިއެވެ. އޭރު ކަންޢާނުގެ މީހުން ވަނީ އެރަށުގައި ވަޒަންވެރިވެފައެވެ.


މި ސަރަހައްދުގެ މީސްތަކުންގެ މެދުގައި ކަމުވޮށިވެގެންވާ ޙިއްވީންގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޙަމޫރުގެ ފިރިހެންދަރިފުޅު، ޝަކީމްއަށް ދީނާ ފެނުނެވެ. އެ ހިނދު މި ޝަކީމް ދީނާގެ މައްޗަށް ބާރުހިންގައި ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ.


އަދި އެރަށުގެ އެންމެހާ ގޯތި ގެދޮރެއްގައި ވާނަމަ ވާހައި މުދަލެއް އަތުލައި އެންމެހާ ކުޑަކުދިންނާއި އަންހެނުން ވެސް އަސީރުކުރިއެވެ.


ނަމަވެސް ޝިމްޢޫން އާއި ލާވީ ރުޅިވެރިކަމާއެކު މިފަދައިން ޖަވާބު ދިނެވެ. ”⁠އަހަރެމެންގެ އަންހެން ކޮއްކޮ އާއިމެދު ކަސްބީ އަންހެނަކަށް ހިތާފަދައިން ހިތުމަކަށް އަހަރެމެން ނޭދޭނަމު.⁠“


ވީމާ، ޔަޢުޤޫބުގެފާނާއި އެކުގައި މިޞްރަށް ވަޑައިގެންނެވި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންގެ ޢަދަދަކީ ފަސްދޮޅަސް ހަޔެކެވެ. މިއީ އެކަލޭގެފާނުގެ ޅީ ދަރިން ނުހިމަނައެވެ.


ޔޫސުފުގެފާނަށް މިޞްރުގައި ލިބިވަޑައިގެންނެވި ދެ ދަރިކަލުން ވިއެވެ. ވުމާއެކު، މިޞްރުގައި ވީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ޖުމުލަ މީހުންގެ އަދަދު ހަތްދިހަ ކަމުގައި ވިއެވެ.


ޢައްމޫނީންނަށް ދާއޫދުގެފާނު އެމީހުންނާ ދެކޮޅުވެރި ވެއްޖެކަން އެނގިއްޖެއެވެ. އެހެންކަމުން އެމީހުން ބައިތު ރުހޫބާއި ޒޫބާއިން އަރާމީންގެ މީހުން ކުއްޔަށް ހިފައިފިއެވެ. އަރާމީންގެ ބިންމަތީ ސިފައިންގެ ވިހިހާސް ތިއްބެވެ. އަދި ޢައްމޫނީން މައަކާގެ ރަސްގެފާނުގެ އެއްހާސް ސިފައިން ވެސް ކުއްޔަށް ހިފައިފިއެވެ. އޭގެ އިތުރުން ޠޫބުގެ ބާރަހާސް މީހުން ވެސް އެމީހުން ކުލިދޭގޮތަށް ގެނަސްފިއެވެ.


އަޚީތޫފަލު އަބްޝާލޫމްގެ ގާތު ބުންޏެވެ. ”⁠ކަލޭގެފާނުގެ ބައްޕާފުޅު ވަޑައިގަތީ މި ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ޖާރިޔާއިންތަކެއް ބައިތިއްބައިފައި. އެމީހުންނާއެކު ކަލޭގެފާނު އެއްދާން ކުރައްވާ! އޭރުން އިސްރާއީލުގެ އެންމެންނަށް ކަލޭގެފާނު ކަލޭގެފާނުގެ ބައްޕާފުޅުގެ އަގުވައްޓާލައިފިކަން އެނގިގެން ދާނެ. އޭރުން ކަލޭގެފާނުގެ ބާރުފުޅު ގަދަވެއްޖެކަން އެނގި އެމީހުންނަށް ހިތްވަރު ލިބޭނެ.⁠“


އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“


އޯގާވެރިކަމުން ހެޔޮ ބަދަލު ލިބެއެވެ. އަނިޔާވެރިކަމުން އޭނާއަށް ގެއްލުމާ ހަލާކު ލިބެއެވެ.


އާއިލާގެ ތެރޭގައި ހަމަނުޖެހުން އުފައްދާ މީހާއަށް އާޚިރުގައި އެކައްޗެއް ވެސް ނުލިބެއެވެ. މޮޔައިންވާނީ ބުއްދިވެރިންގެ އަޅުންނަށެވެ.


ދަހިވެތިކަން އާއިލާއަށާއި ގެޔަށް ހިތާމަ ގެނުވައެވެ. ރިޝްވަތާ ދެކޮޅު މީހާ ދިރިހުރެއެވެ.


އެމީހުން ގޮވަމުން ދިޔައެވެ. ”⁠ޝާއުލްގެފާނު ފިލިސްޠީނުންގެ މަރުކަޒަކަށް ހަމަލަ ދެއްވައި އެމީހުން ބަލިކުރައްވައިފި. އެހެންވެ ފިލިސްޠީނު މީހުން ވަނީ އިސްރާއީލީން ދެކެ ރުޅި އަރައިގެންފައި.⁠“ މި އަޑު ޢިބްރާނީން ވެސް އަހައިފިއެވެ. ދެން އެ އެންމެން ޝާއުލްގެފާނުގެ ގާތަށް ޖިލްޖާލަށް ޖަމާ ވެއްޖެއެވެ.


”⁠ކިހިނެއްތޯ އަޅުގަނޑު ތިޔަ ތަނަށް ދާނީ؟⁠“ ޞަމޫއީލްގެފާނު ދެންނެވިއެވެ. ”⁠ތިޔަ ޚަބަރު ލިބިއްޖެއްޔާ ޝާއުލްގެފާނު އަޅުގަނޑު މަރާލާނެ.⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ޅަ ގެރިއެއް ހިފައިގެން ދޭ. ގޮސް ބުނޭ މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރާށޭ.


ދާއޫދު ހިތަށް އަރައްޕެވެ. ”⁠މިހެން އުޅެނިކޮށް ޝާއުލްގެފާނު އަނެއްފަހަރު އައިސް އަހަރެންގެ ދުވަސް ދުއްވާލާނެ. އިސްރާއީލުގެ ސަރަހައްދު ދޫކޮށް ފިލިސްޠީނުންގެ އަވަށްތަކަށް ދާންވީ. އޭރަކުން ޝާއުލްގެފާނު އަހަރެން ހޯދާކަށް މި ސަރަހައްދެއް ނުބަލާނެ. އޭރުން އަހަންނަށް ސަލާމަތުން އުޅެވިދާނެ.⁠“


އަޚީޝް ރަސްގެފާނު ދާއޫދު ބުނާ އެއްޗެއް ގަބޫލު ކުރައްވަ އެވެ. ރަސްގެފާނު ހީ ކުރައްވަނީ އިސްރާއީލީން ދާއޫދު ދެކެ ވަރަށް ރުޅި އަންނާނެ ކަމަށެވެ. އެހެންކަމުން އެރަސްގެފާނުގެ ޚިދުމަތުގައި ތާއަބަދަށް ދާއޫދު އުޅެން ރަސްގެފާނު ބޭނުންފުޅު ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ