Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:3 - ކިތާބުލް މުޤައްދަސާ

3 މިއަށް ފަހު ޝަކީމް ދީނާގެ ޖަޒުބާތުގައި ޖެހި އެކަނބުލޭގެ ދެކެ ނުހަނު ލޯބިވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު އެކަނބުލޭގެއާއި ވާހަކަ ދެއްކިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:3
11 ပူးပေါင်းရင်းမြစ်များ  

މި ސަރަހައްދުގެ މީސްތަކުންގެ މެދުގައި ކަމުވޮށިވެގެންވާ ޙިއްވީންގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޙަމޫރުގެ ފިރިހެންދަރިފުޅު، ޝަކީމްއަށް ދީނާ ފެނުނެވެ. އެ ހިނދު މި ޝަކީމް ދީނާގެ މައްޗަށް ބާރުހިންގައި ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ.


އެންމެފަހުން މި ޝަކީމް ދީނާއަށް ބޭނުންވެފައިވާ ވަރުން އޭނާގެ ބައްޕަ، ޙަމޫރަށް މިވާހަކަ މިފަދައިން ހުށަހެޅިއެވެ. ”⁠އަހަރެންނަށް މިކަނބުލޭގެއާއި ކައިވެނި ކުރެވޭނޭ ގޮތެއް ހަމަޖައްސައި ދިނުމަށް ބައްޕައަށް އަހަރެން އެދެން.⁠“


އެހެންވީމާ، ބިރުވެތި ނުވޭ. ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ އާއިލާގެ އެންމެހާ ކަންތައްތައް އަހަރެން ބަލަހައްޓާނަން.⁠“ ޔޫސުފުގެފާނު އެފަދައިން ވިދާޅުވެ އެބައިމީހުންނަށް ނުހަނު ޔަޤީންކަން ދެއްވިއެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު އެބައިމީހުންނާއި އެކަލޭގެފާނު ވާހަކަފުޅު ދެއްކެވިއެވެ.


ކަލޭގެފާނު ތެދުވެ ވަޑައިގެން ނުކުންނަވައި ކަލޭގެފާނުގެ މީހުންނަށް ހިތްވަރު ދެއްވާ. ނޫންނަމަ މާތްރަސްކަލާނގެ ގަންދީ ބުނަން މާދަމާ އިރު އަރާއިރަށް ކަލޭގެފާނާއެކު އެކަކު ވެސް ނުހުންނާނެ. އޭރުން ކަލޭގެފާނަށް ކުރިމަތިފުޅުވާނީ މިހާތަނަށް ދުވަހަކު ވެސް ކުރިމަތިވެ ވަޑައިގެންފައި ނުވާ ވަރުގެ މުސީބާތެއް.⁠“


ދެން ޢުރުފާ އާއި ރާޢޫތު އަޑުންއަޑުނަގާ ރޮއިގެންފިއެވެ. އަދި ޢުރުފާ ނުޢުމީއަށް ބޮސްދީ އަލްވަދާއު ކިޔައިފިއެވެ. ނަމަވެސް ރާޢޫތު އޭނާގެ މައިދައިތަ ގައިގައި އެލިގަތެވެ.


ދާއޫދު ޝާއުލްގެފާނާއި ވާހަކަ ދައްކަވައި ނިންމާލިތަނާ ޝާއުލްގެ ދަރި ޔޫނަތައިންގެ ހިތް ދާއޫދުގެ ހިތާ ގުޅި އެއްހިތަކަށްވެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން އޭނާއާ މެދު ލޯބި ޖެހިއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ