Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:20 - ކިތާބުލް މުޤައްދަސާ

20 އެގޮތުން ޙަމޫރު އާއި އޭނާގެ ދަރިފުޅު ޝަކީމް ރަށުގެ ބޮޑުދޮރޯށި ހުރި މައިދާނަށް ގޮސް އެ ރަށުގެ އެންމެހާ ފިރިހެނުންނާއި ބައްދަލުކޮށް މިހުށަހެޅުން މިފަދައިން ހާމަކޮށްދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:20
14 ပူးပေါင်းရင်းမြစ်များ  

’⁠ތިމަންކަލާނގެ ހަމަ ޔަޤީނުން ވެސް ތިބާގެ މައްޗަށް ރަޙުމަތް ލައްވައި ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވާހުށިން. ތިބާގެ ދަރިފަސްކޮޅުގެ އަދަދު އުޑުގައިވާ ތަރިތަކާއި ބިމުގައިވާ ވެލިފަދައިން ގިނަވެ އިތުރުކުރައްވާނަން. އަދި އެބައިމީހުންގެ ދުޝްމިނުންގެ ރަށްތަކުގެ މައްޗަށް އެބައިމީހުން ވެރިކުރައްވާނެ.


މައިދާނުގައި އެއްވެ ތިބި ޙިއްޘީންގެ ތެރޭގައި ޢިފްރޫން ވެސް ހުއްޓެވެ. އޭނާ އެންމެންނަށް އިވޭނޭހެން އިބްރާހީމްގެފާނަށް ޖަވާބު ދެއްވިއެވެ.


ސަބަބަކީ އޭނާ ޔަޢުޤޫބުގެފާނުގެ އަންހެންދަރިފުޅު ދީނާ ދެކެ އެހާ ލޯބިވާތީއެވެ. ޝަކީމްއަކީ އެ އާއިލާގެ އެންމެ ޤަދަރު ލިބިގެންވާ މީހާއެވެ. އެހެންވެ، ވަގުތު ނަގާނުލައި ޔަޢުޤޫބުގެފާނުގެ ދަރިންގެ ހުށަހެޅުން ފުރިހަމަކުރުމަށް އޭނާ ނިންމިއެވެ.


”⁠ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ މީސްތަކުންނީ އަހަރެމެންގެ އެކުވެރިން. އެހެންވީމާ، މިރަށުގައި އެބައިމީހުން ދިރިއުޅެ އަދި ވިޔާފާރި ކުރުމަށް އަހަރެމެން ދަޢުވަތުދެން. އަހަރެމެން ހުރިހާ އެންމެންނަށް މިރަށުގައި އެދެވޭ މިންވަރަށް ހުސްބިން އެބައޮތް. އަހަރެމެން އެމީހުންގެ މީހުންނާއި ކައިވެނިކޮށް އެމީހުން އަހަރެމެންގެ މީހުންނާއި ކައިވެނިކުރާނީ.


ކޮންމެ ދުވަހަކު އަބްޝާލޫމް ފަތިހު ތެދުވެ ރަށްބޭރު ދޮރުމައްޗަށް ނުކުމެ ހުރެއެވެ. އެއްވެސް މީހަކު ކަމެއް ދަމެއް ބޮޑުވެގެން ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއްޔާ އަބްޝާލޫމް އެމީހެއް ކުރެން އޭނާ އައީ ކޮން އަވަށަކުންތޯ އަހައި އޮޅުންފިލުވައެވެ. އެމީހާ ބުނެފާނެއެވެ. ތިމަން މިއީ އިސްރާއީލުގެ އެވެނި މިވެނި ގަބީލާއަކުން އައި މިވެނި ދަރިކޮޅެއް ގެ މީހެކެވެ.


އޭނާގެ ފިރިމީހާއަކީ ރަށުގެ ބޮޑުންގެ މީހެކެވެ. އޭނާ އިށީނދެ އިންނާނީ އިއްޒަތްތެރިންގެ ޖަމާޢަތުގައެވެ.


މިވަގުތު ބޫޢަޒު އެރަށުގެ މިފަދަ ޖަލްސާތަކަށް އެއްވާ ތަނަށް ހިނގައްޖެއެވެ. އޭރު ރަށުގެ ކަމުވޮށިވެގެންވާ މީހުން އެތަނަށް އައިސް ތިއްބެވެ. ދެން އެތަނަށް އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ އައުމުން އޭނާ ބުންޏެވެ. ”⁠އައިސް މިތާ އިށީނދޭ.⁠“ ދެން އޭނާ އިށީނދެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ