Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:2 - ކިތާބުލް މުޤައްދަސާ

2 މި ސަރަހައްދުގެ މީސްތަކުންގެ މެދުގައި ކަމުވޮށިވެގެންވާ ޙިއްވީންގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޙަމޫރުގެ ފިރިހެންދަރިފުޅު، ޝަކީމްއަށް ދީނާ ފެނުނެވެ. އެ ހިނދު މި ޝަކީމް ދީނާގެ މައްޗަށް ބާރުހިންގައި ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:2
23 ပူးပေါင်းရင်းမြစ်များ  

އަދި އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެރަށުގެ މީހުންނަށް ވިދާޅުވިއެވެ. އެހެންވެ، އެރަށުގެ ރަސްގެފާނު، އަބީމާލިކު އޭނާގެ ގަނޑުވަރަށް ސާރާ ގެންދެވިއެވެ.


ޔަޢުޤޫބުގެފާނު ފޭލިގެތައް ޖެއްސެވި ބިމަކީ ޙަމޫރުގެ ދަރިފަސްކޮޅަށް މިލްކުވެގެންވީ ބިމެކެވެ. އެކަލޭގެފާނު މި ބިން ސަތޭކަ ރިހިލާރި ދެއްވާފައި ޝަކީމްގެ ބައްޕަ ޙަމޫރުގެ ދަރިންގެ އަތުން ބައްލަވައިގަތެވެ.


މި އެންމެން ގަތުލުކުރުމަށް ފަހު ޔަޢުޤޫބުގެފާނުގެ ހުރިހާ ދަރިން ރަށު ތެރެއަށް އަރައި މުޅި ރަށް ލޫޓުވާލިއެވެ. އެމީހުން މި ގޮތަށް ބަދަލުހިފުމުގެ ސަބަބަކީ އެމީހުންގެ އަންހެން ކޮއްކޮގެ ޢިއްފަތްތެރިކަން އެރަށުގައި ޝަކީމް ފޭރިގަތީމެވެ.


މިއަށް ފަހު ޝަކީމް ދީނާގެ ޖަޒުބާތުގައި ޖެހި އެކަނބުލޭގެ ދެކެ ނުހަނު ލޯބިވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު އެކަނބުލޭގެއާއި ވާހަކަ ދެއްކިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“


މާތްކަލާނގެ ދަރިންނަށް އިންސާނުންގެ އަންހެން ދަރިން ފެނި އެމީހުން ރީތިވިއެވެ. އެކުދިންގެ ތެރޭން އެމީހުން ރުހޭ ކުއްޖަކާ އެ ދަރިން ކައިވެނި ކުރިއެވެ.


އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ.


ދެން ދާއޫދުގެފާނު ބަތުޝަބާ ބަލާ މީހަކު ފޮނުއްވައިފިއެވެ. އެކަލޭގެފާނު ބަތުޝަބާ ގެންނަވައި އޭނާއާއެކު ޖިންސީ ގުޅުން ހިންގަވައިފިއެވެ. އޭރު އެއަންހެނާ އިނީ މަސްވަރުކަންތަކުން ނިމި ފެންވަރައިގެންނެވެ. ދެން އޭނާ އެނބުރި ގެއަށް ހިނގައްޖެއެވެ.


އެކަމަކު އަމްނޫން ތާމާރުގެ ބަހެއް ނޭހިއެވެ. އޭނާ ތާމާރަށް ވުރެން ބާރުގަދައެވެ. އެހެންކަމުން އޭނާ ތާމާރާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިއެވެ.


ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިބާ ޖިންސީ އެދުން ހިތުއަޅައިގެން އަންހެނަކާ ދިމާއަށް ބަލާލިޔަސް ތިބާއަށް ހިތުން ޒިނޭއެއް ކުރެވި ނިމިއްޖެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ