Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:14 - ކިތާބުލް މުޤައްދަސާ

14 އެގޮތުން ޔަޢުޤޫބުގެފާނުގެ ދަރިން ޝަކީމް އާއި އޭނާގެ ބައްޕައަށް މިފަދައިން ބުންޏެވެ. ”⁠ތިޔަފަދަ ކަމެއް އަހަރެމެންނަކަށް ކުރެވޭކަށް ނޯންނާނެ. ޚިތާނު ކުރެވިގެންނުވާ ފިރިހެނަކާއި އަހަރެމެންގެ އަންހެން ކޮއްކޮ ކައިވެނި ކުރުމަށް އަހަރެމެންނަކަށް ނުދެވޭނެ. ޅަނދޮޅު އަންހެން ކުއްޖަކު ޚިތާނު ނުކޮށް ހުރި ތިޔަފަދަ ފިރިހެނަކާއި ދެވުމަކީ އަހަރެމެންނަށް ހުރި ލަދުވެތިކަމެއް.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:14
16 ပူးပေါင်းရင်းမြစ်များ  

މިއަދުން ފެށިގެން އުމުރުން އަށްދުވަސް ހަމަވެފައިވާ ކޮންމެ ފިރިހެން ކުއްޖަކު ޚިތާނުގަ ލައްވަން ޖެހޭނެ. ހަމައެހެންމެ އަޅުންގެ ގޮތުގައިގެންގުޅޭ ދޭސީ ފިރިހެން ކުދިންނާއި އަޅުންގެ ގޮތުގައި ބިދޭސީ ޤައުމުތަކުން ގަނެގެން ގެންގުޅޭ ފިރިހެން ކުދިން ވެސް ޚިތާނުގަ ލައްވަން ޖެހޭނެ. މިކަމުން ރަމްޒުކޮށް ދެނީ ތިބާއާއި ތިމަންކަލާނގެ އާއި ދެމެދު ވެވުނު ޢަހުދުނާމާއަށް ފުރިހަމައަށް އެއްބަސްވާކަން.


ޚިތާނުގަ ލެވިފައިނުވާ ކޮންމެ ފިރިހެނަކު ތިމަންކަލާނގެ މީހުންގެ ތެރެއިން މުޅިން ވަކިކޮށްލެވެން ޖެހޭނެ. އެމީހަކީ ތިމަންކަލާނގެ ޢަހުދުނާމާއާ ޚިލާފުވެ އެއަށް ޙުރުމަތެއް ނުބެހެއްޓި މީހެއް.⁠“


ވީމާ، އެބައިމީހުންގެ ކޮއްކޮ ދީނާގެ ޢިއްފަތްތެރިކަން ޝަކީމް ފޭރިގަތުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެންމެހާ ފިރިހެންދަރިން ޝަކީމް އާއި އޭނާގެ ބައްޕަ ޙަމޫރުއަށް މަކަރުހަދައި ލަނޑުދިނުމަށް ނިންމައި މިފަދައިން ޖަވާބު ދިނެވެ.


އެހެނަސް ތިބާއަށް އެކަނބުލޭގެ އާއި ކައިވެނި ކުރެވިދާނެ ޝަރުތެއް އެބައޮތް. އެއީ ތިބާ އާއި ތިބާގެ އިތުރުން މުޅި މިވަންހައިގެ އެންމެހާ ފިރިހެނުން އަހަރެމެން ފަދައިން ޚިތާނު ކުރުން.


މިވާހަކަ ޖައްތުގެ އަހުލުވެރިންނަށް ނާންގާށެވެ. އަދި އަޝްޤަލޫނުގެ މަގުތައްމަތީ ނުގޮވާށެވެ. އެހެންނޫނީ ފިލިސްޠީނުންގެ އަންހެނުން އުފާ ފާޅުކުރާނެއެވެ. ކާފަރުންގެ ދަރިން އުފަލުން ފޮޅޭނެއެވެ.


މިގޮތުގައި ހަތަރު އަހަރު ވޭތިވެ ދިޔަފަހުން އޭނާ ރަސްގެފާނު ދާއޫދަށް ދެންނެވިއެވެ. ”⁠އަޅުގަނޑު ޙަބްރޫނަށް ގޮސްލުމުގެ ހުއްދަ ދެއްވާ. އެއީ އަޅުގަނޑު މާތްރަސްކަލާނގެއަށް ދަންނަވާފައިވާ ނަދުރެއް ފުއްދަން އޮތީމާ.


އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”⁠ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.⁠“


އޭނާ އެބޭކަލުންނަށް މިފަދައިން ބުނެ ބައިތުލަޙަމަށް ފޮނުވިއެވެ. ”⁠ބައިތުލަޙަމަށް ގޮސް ފަރުވާތެރިކަމާއެކު އެ ކުއްޖާއާއި މެދު ބަލަމުން ގެންދޭ! އަދި ތިޔަބައިމީހުންނަށް އެ ކުއްޖާ ފެނުމުން އަހަރެންގެ ކައިރިއަށް އައިސް އެވާހަކަ ބުނެދީ. އޭރުން އަހަރެން ވެސް އޭނާއަށް އަޅުކަން ކުރާނަން.⁠“


ޔޫނަތައިން ހަތިޔާރު އުފުލާ މީހާގެ ގާތު ބުންޏެވެ. ”⁠ހިނގާ މިތިބަ ޚިތާނު ނުކުރާ މީހުންނަށް ހަމަލަ ދޭން. މާތްރަސްކަލާނގެ ހިންމަވައި ދެއްވައިފިނަމަ އަހަރެމެންގެ ދެމީހުން އެކަނި ދިމާކޮށްލިޔަސް ކާމިޔާބު ވެދާނެ. އެހެނީ ކާމިޔާބު ވަނީ ލަޝްކަރުގެ ކުޑަ ބޮޑުމިނަކުން ނޫން. މާތްރަސްކަލާނގެ އެހީތެރިވެ ވޮޑިގެންފިނަމަ ކިތަންމެ މަދު ބަޔަކަށް ވެސް ކިތަންމެ ބޮޑު ލަޝްކަރެއް ވެސް ބަލި ކޮށްލެވިދާނެ.⁠“


ދާއޫދު މިވާހަކަ ދެއްކި މީހުންގެ ގާތު ބުންޏެވެ. ”⁠ތިއީ ދެން ކާކުތަ، ދިރިދެމި ވޮޑިގެންވާ ކަލާނގެ ސިފައިންނާ ކުރިމަތިލާން؟ ތިއީ ޚިތާނު ނުކޮށް ތާނކު ހުރި ފިލިސްޠީއެކޭ. ތިޔަ އެތި މަރައި ތިޔަ ބަލާއިން މިންޖު ކޮށްދިން މީހަކަށް ދޭނީ ކޮން އިނާމެއްތަ؟⁠“


އަޅުގަނޑު މިއީ ސިންގާއާއި ސާރިދޯޅަ މަރާއުޅޭ މީހެއް. މި ކާފަރު ކަލޭގެ މަރާލާކަށް އެއްވެސް ކަމެއް ނޫން. ތިޔަ ކަލޭގެ ތިޔަ ޖެއްސުން ކުރަނީ ދިރިދެމިވޮޑިގެންވާ މާތްކަލާނގެ ލަޝްކަރާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ