ފެށުން 34:13 - ކިތާބުލް މުޤައްދަސާ13 ވީމާ، އެބައިމީހުންގެ ކޮއްކޮ ދީނާގެ ޢިއްފަތްތެރިކަން ޝަކީމް ފޭރިގަތުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެންމެހާ ފިރިހެންދަރިން ޝަކީމް އާއި އޭނާގެ ބައްޕަ ޙަމޫރުއަށް މަކަރުހަދައި ލަނޑުދިނުމަށް ނިންމައި މިފަދައިން ޖަވާބު ދިނެވެ. အခန်းကိုကြည့်ပါ။ |
އެގޮތުން ޔަޢުޤޫބުގެފާނުގެ ދަރިން ޝަކީމް އާއި އޭނާގެ ބައްޕައަށް މިފަދައިން ބުންޏެވެ. ”ތިޔަފަދަ ކަމެއް އަހަރެމެންނަކަށް ކުރެވޭކަށް ނޯންނާނެ. ޚިތާނު ކުރެވިގެންނުވާ ފިރިހެނަކާއި އަހަރެމެންގެ އަންހެން ކޮއްކޮ ކައިވެނި ކުރުމަށް އަހަރެމެންނަކަށް ނުދެވޭނެ. ޅަނދޮޅު އަންހެން ކުއްޖަކު ޚިތާނު ނުކޮށް ހުރި ތިޔަފަދަ ފިރިހެނަކާއި ދެވުމަކީ އަހަރެމެންނަށް ހުރި ލަދުވެތިކަމެއް.