Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:12 - ކިތާބުލް މުޤައްދަސާ

12 މަޙުރުގެ ފައިސާ އާއި އެނޫން ވެސް ހަދިޔާބަދިޔާއަށް ތިޔަބައިމީހުން މިންވަރެއް ކަނޑައަޅާ. ކޮންމެ މިންވަރަކަށް ތިޔަބައިމީހުން އެދެނު ކަމުގައި ވިޔަސް އެ މިންވަރެއް އަހަރެމެން ތިޔަބައިމީހުންނަށް އަދާ ކުރާނަން. ހަމައެކަނި އަހަރެން ބޭނުން ވަނީ އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ހެދުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:12
13 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެކަލޭގެ ރިފްޤާއަށް ރަނާއި ރިހީގެ ގަހަނާއާއި އަންނައުނު ދިނެވެ. މީގެ އިތުރުން އަގުބޮޑެތި ހަދިޔާތައް އެކަނބުލޭގެ މަންމައަށާއި ބޭބެއަށް ވެސް ދިނެވެ.


ޔަޢުޤޫބުގެފާނު ރާޙީލްގެ ޖަޒުބާތުގައި ޖެހި ރާޙީލް ދެކެ ލޯބިވާތީވެ، އެކަލޭގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”⁠ތިބާގެ ހަގު އަންހެން ދަރިފުޅު، ރާޙީލް އާއި އަހަރެން ކައިވެނި ކުރުމަށް ތިބާ އެއްބަސް ވެއްޖެނަމަ އަހަރެން ހަތް އަހަރު ތިބާއަށް މަސައްކަތް ކޮށްދޭނަން.⁠“


މިފަދަ އަޅުވެތި ގޮތެއްގައި ވިހިއަހަރު ތިބާއަށް ޚިދުމަތް ކޮށްދީފީމު. ތިބާގެ ދެ އަންހެން ދަރިން ޙާސިލުކުރުމުގައި އޭގެތެރެއިން ސާދައަހަރު ހޭދަކޮށް އަދި އޭގެ އިތުރުން ތިބާގެ އަތުން މި ކަންބަޅިބަކަރިތައް ލިބިގަތުމަށްޓަކައި ހަ އަހަރު ދުވަސް ހޭދަކުރީމު. އަދި މި މުއްދަތުގައި ތިބާ އަހަރެންގެ އުޖޫރައަށް ދިހަ ފަހަރު ބަދަލު ގެނައި!


ޝަކީމް އޭނާގެ ބައްޕަ ޙަމޫރުގެ ވަހާކައަށް އިތުރުކޮށްލުމުގެ ގޮތުން ދީނާގެ ބަފައިކަލުން ޔަޢުޤޫބުގެފާނާއި އެކަނބުލޭގެ ބޭބެމެންނަށް މިހެން ބުނިމެއެވެ. ”⁠އަހަރެންނަށް އޯގާތެރިވެދީ. އަދި އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ވުމަށް އަހަރެން ނުހަނު އެދެން. ތިޔަބައިމީހުން ކޮންމެ އެއްޗަކަށް އެދުނު ނަމަވެސް އެ އެއްޗެއް އަހަރެމެން ތިޔަބައިމީހުންނަށް ދޭނަން.


ވީމާ، އެބައިމީހުންގެ ކޮއްކޮ ދީނާގެ ޢިއްފަތްތެރިކަން ޝަކީމް ފޭރިގަތުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެންމެހާ ފިރިހެންދަރިން ޝަކީމް އާއި އޭނާގެ ބައްޕަ ޙަމޫރުއަށް މަކަރުހަދައި ލަނޑުދިނުމަށް ނިންމައި މިފަދައިން ޖަވާބު ދިނެވެ.


ދެން ދާއޫދުގެފާނު އިޝްބޫސަތުގެ ގާތަށް ޚަބަރާއިގެން މީހުން ފޮނުވިއެވެ. ”⁠އަހަރެން ސަތޭކަ ފިލިސްޠީނީންގެ ޚިތާނު ކުރި ހަންކޮޅު ދީގެން ގަނެފައިވާ އަހަރެންގެ އަނބިމީހާ މީކާލް އަނބުރާ އަހަންނަށް ދީ!⁠“


އެކަމަކު ވެރިމީހާ އެތަނުގައި ހުރެއްޖެނަމަ އަގެއް ދައްކާކަށް ނުޖެހޭނެ. އަދި އެއީ ކުއްޔަށް ގެންދިޔަ ޖަނަވާރެއްނަމަ އެއަށް އިތުރު އަގެއް ދޭކަށް ނުޖެހޭނެ. އެހެނީ އެއަށް ދެއްކި ކުލި ބެލެވޭނީ އޭގެ އަގު ކަމަށް.⁠“


އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ބޯރޮށީގެ ފަސް ރޮއްޓާއި ދެ މަސް.⁠“


މިވާހަކަ ދާއޫދުގެ ގާތުގައި އެމީހުން ބުނުމުން އޭނާ ބުންޏެވެ. ”⁠ރަސްގެފާނުގެ ދަރިކަނބަލަކާ ކައިވެނި ކުރެވުމަކީ ވަރަށް ބޮޑު ޝަރަފެއް. އެކަމަކު ތިއީ އަހަރެން ކަހަލަ ފަގީރު ނިކަމެތި މީހަކާ އެކަށީގެންވާ ވަރުގެ ކަމެއް ނޫން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ