Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 34:11 - ކިތާބުލް މުޤައްދަސާ

11 ޝަކީމް އޭނާގެ ބައްޕަ ޙަމޫރުގެ ވަހާކައަށް އިތުރުކޮށްލުމުގެ ގޮތުން ދީނާގެ ބަފައިކަލުން ޔަޢުޤޫބުގެފާނާއި އެކަނބުލޭގެ ބޭބެމެންނަށް މިހެން ބުނިމެއެވެ. ”⁠އަހަރެންނަށް އޯގާތެރިވެދީ. އަދި އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ވުމަށް އަހަރެން ނުހަނު އެދެން. ތިޔަބައިމީހުން ކޮންމެ އެއްޗަކަށް އެދުނު ނަމަވެސް އެ އެއްޗެއް އަހަރެމެން ތިޔަބައިމީހުންނަށް ދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 34:11
5 ပူးပေါင်းရင်းမြစ်များ  

އަދި ވިދާޅުވިއެވެ. ”⁠ތިޔަ ބޭކަލުންނަށް ޚިދުމަތްކުރެއްވުމަށް މިއަޅާ ހުންނެވި ހިނދު މިއަޅާގެ ފޭލިގެއަށް ޒިޔާރަތް ނުކުރައްވައި، މިއަޅާގެ ފޭލިގެ ހުރަސް ކުރައްވައި ވަޑައިގަންނަވައިގެން ނުވާނެ.


މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.⁠“


އެ ހިނދު ޢީސޫ ރައްދުގައި ބުންޏެވެ. ”⁠އެހެންކަމުގައިވާނަމަ އަހަރެންނާއި އެކުގައި މިވާ މީސްތަކުންގެ ތެރެއިން ބައެއް މީހުން ތިބާގެ ސަލާމަތަށާއި މަގު ދައްކައިދިނުމަށް ތިބާ އާއިއެކުގައި ގެންދޭ.⁠“ ޔަޢުޤޫބުގެފާނު އިޙުތިރާމާއެކު ވިދާޅުވިއެވެ. ”⁠ވަރަށް ބޮޑަށް ޝުކުރުވެރިވަމު. ތިބާގެ ރުހުން އަހަރެންނަށް ލިބުމުން އެމިންވަރު އަހަރެންނަށް ފުދިގެންވޭ. އަހަރެން ހަމައެކަނި ބޭނުން ވަނީ ތިބާގެ ރަޙުމަތްތެރިކަން.⁠“


އަހަރެމެންނާއި އެކުގައި ތިޔަބައިމީހުން މިރަށުގައި ދިރިއުޅޭނީ. ތިޔަބައިމީހުން އެދޭ ތަނަކުން ބިން ގަނެ އަދި ވިޔާފާރިވެސް ކުރަންވީ.⁠“


މަޙުރުގެ ފައިސާ އާއި އެނޫން ވެސް ހަދިޔާބަދިޔާއަށް ތިޔަބައިމީހުން މިންވަރެއް ކަނޑައަޅާ. ކޮންމެ މިންވަރަކަށް ތިޔަބައިމީހުން އެދެނު ކަމުގައި ވިޔަސް އެ މިންވަރެއް އަހަރެމެން ތިޔަބައިމީހުންނަށް އަދާ ކުރާނަން. ހަމައެކަނި އަހަރެން ބޭނުން ވަނީ އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ހެދުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ