Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 33:9 - ކިތާބުލް މުޤައްދަސާ

9 ޢީސޫ ޖަވާބުގައި ބުންޏެވެ. ”⁠އަހަރެންގެ ލޮބުވެތި ކޮއްކޯ. އަހަރެންނަށް ގިނަގުނަ ތަކެތި ލިބިގެންވޭ. ތިބާގެ ބޭނުމަށްޓަކައި އެތަކެތި ބަހައްޓާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 33:9
13 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އިސްޙާޤުގެފާނު މިފަދައި ދެންނެވިއެވެ. ”⁠ދަރިފުޅު ދިރިއުޅެމުން ގެންދާނީ އެ މައިދާންތަކަކަށް ފެން ލިބުން މަދު އަދި ގޮވާންކުރުން ދަތި މައިދާންތަކުގަ.


ދަރިފުޅުގެ ދިރިއުޅުން ބިނާވާނީ ދަރިފުޅުގެ ކަނޑީގެ ބޭނުން ކޮށްގެން. އަދި ދަރިފުޅު ވާނީ ދަރިފުޅުގެ ކޮއްކޮގެ ޚާދިމެއްގެ ގޮތުގަ. ނަމަވެސް ދަރިފުޅަށް ކެތްނުވެގެން ދެކޮޅުވެރިވެގަތުމުން އެކަލޭގެފާނުގެ އަތްދަށުން ދަރިފުޅު ސަލާމަތް ވެދާނެ.⁠“


މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”⁠އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.⁠“


ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނޫން. ތިބާގެ ލޮލުން އަހަރެންނާއިމެދުގައި ރުހޭކަން އަހަރެންނަށް ފެންނާނީ އަހަރެންގެ ފަރާތުން މި ހަދިޔާ ތިބާ ގަބޫލު ކުރުމުން. ތިބާ ފެނި އަދި ތިބާ އަހަރެންނަށް މަރުޙަބާ ކީ ހިނދު ތިބާގެ މޫނު ފެނުނު ހިނދު، މާތްކަލާނގެ މޫނުފުޅު ފެނުމެކޭ އެއްފަދަ ވީހެން އަހަރެންނަށް ހީކުރެވުނު.


މާތްރަސްކަލާނގެ ޤާއިންއަށް ވަޙީކުރެއްވިއެވެ. ”⁠ޤާޔީން! ކަލޭގެ ކޮއްކޮ ހާބީލް ކޮބާ؟⁠“ މީގެ ޖަވާބުގައި ޤާޔީން ދެންނެވީ މިހެންނެވެ. ”⁠އޭނާ ވީތަނެއް މަށަކަށް ނޭނގެ. މަމީ މަގޭ ކޮއްކޮ ބަލަހައްޓާ މީހާތަ؟⁠“


މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.


ދަހިވެތިކަން ލޭބޯ ފަންޏެއް ފަދައެވެ. އޭގައި ލޭބޯ ދެ އަނގަ ހުރެއެވެ. ކޮންމެ އަނގަޔަކުން ގޮވައެވެ. ”⁠ގިނައިން ދޭށެވެ!⁠“ ހިތްނުފުރޭނެ ތިނެއްޗެއް ވެއެވެ. ނޫން ހަތަރެއްޗެއް ވެއެވެ.


މި ވާހަކަތައް އަހާ އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔެވެ. ނަމަވެސް އެމީހުން މިފަދައިން ވެސް ޕައުލް އަށް ބުންޏެވެ. ”⁠އޭ އަހަރެމެންގެ އަޚާ ޕައުލް، އީސާގެފާނަށް އީމާންވެގެންވާ އެތައް ހާސް ބަނީއިސްރާއީލު މީހުން ވެސް ވާތަން ނިކަން ދެކިބަލަ. އެ އެންމެން ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގަވާއިދުތަކަށް ވަރަށް ފަރުވާތެރިވެ ޙުރުމަތްތެރިކޮށް ހިތާ.


ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”⁠ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.⁠“


މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.


މަގޭ އެކުވެރިޔާއެވެ. ތިބާގެ ލޯބި އަހަންނަށް އުފާވެރިކަން ގެނެސްދީ ވަރުގަދަ ހިތްވަރެއް ގެނުވައެވެ. ސަބަބަކީ ތިބާގެ އޯގާތެރިކަން މަސީޙީންގެ ހިތްތަކަށް އުފާވެރިކަމާއި ތާޒާކަން ގެނެސްދޭތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ