Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 33:8 - ކިތާބުލް މުޤައްދަސާ

8 އެއަށް ފަހު ޢީސޫ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން މި އައި މަގުމަތީގައި ދިމާވި އެންމެހާ ޖަނަވާރުތައް އަހަރެންނަށް ފޮނުވުމުގެ މާނައަކީ ކޮބާ؟⁠“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ސާހިބާ، އެއީ ތިބާގެ ރަޙުމަތްތެރިކަމަށް އެދިގެން ފޮނުވުނު ހަދިޔާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 33:8
6 ပူးပေါင်းရင်းမြစ်များ  

އަދި މިއަދު ގޮންގަނޑުގެރި އާއި، ހިމާރާއި، ކަންބަޅިއާއި، ބަކަރީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ގިނަގުނަ އަޅުން އަހަރެންނަށް މިލްކުވެގެންވެޔޭ. މިޚަބަރު އަހަރެންގެ ސާހިބާއަށް މިފޮނުވަނީ އަހަރެންނަށް އިޚުލާސްތެރިކޮށް ހިތާނޭ ކަމުގެ އުންމީދުގައޭ.⁠‘⁠“


މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.⁠“


އޭގެފަހުގައި ލައިއަތު އެކަނބުލޭގެ ދަރިންނާއިއެކު ޢީސޫގެ ކުރިމައްޗަށް އައިސް އިޙުތިރާމު ކުރުމުގެ ގޮތުން ގުދުވެ ކުރުނީސް ކުރިއެވެ. އަދި އެންމެ ފަހުން ރާޙީލް އާއި ޔޫސުފުގެފާނު ވެސް ޢީސޫގެ ކުރިމައްޗަށް އައިސް ޢީސޫއަށް އިޙްތިރާމް ކުރުމުގެ ގޮތުން ގުދުވެ ކުރުނީސް ކުރިމެއެވެ.


އެހުރިހާ ކަންތައްތަކެއް ޔޫސުފުގެފާނުގެ އަތްޕުޅުމައްޗަށް ފޫޠީފާރު ދޫކޮށްލި ހިނދުން ފެށިގެން އެކަލޭގެފާނުގެ ޙައްޤުގައި ފޫޠީފާރުގެ އާއިލާ އަށާއި އޭނާގެ މުދަލާއި އަދި ދަނޑުފަނގުގައި ވީ އެންމެހާ ތަކެއްޗަކެއްގެ އިތުރުން އޭނާގެ މިލްކުގައި ވީ އެންމެހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ