6 އެއަށް ފަހު ޔަޢުޤޫބުގެފާނުގެ ދެ ޖާރިޔާއިން އެކަނބަލުންގެ ދަރިންނާއިއެކު ކުރިއަށް އައިސް ޢީސޫއަށް އިޙްތިރާމް ކުރުމުގެ ގޮތުން ޢީސޫގެ ކުރިމަތީގައި ގުދުވެ ކުރުނީސް ކުރިއެވެ.
އެ ހިނދު އެތަނުގައި ވަށައިގެންތިބި އަންހެނުންނާއި ކުދިން ޢީސޫއަށް ފެނި މިފަދައިން ބުންޏެވެ. ”ތިބާ އާއިއެކުގައި މިވާ މީސްތަކުންނީ ކޮންބައެއް؟“ ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”މިއީ މާތްކަލާނގެ ރަޙުމަތްފުޅުން ތިބާގެ ޚާދިމު ކަމުގައިވާ އަހަރެންނަށް ދެއްވި ދަރިން.“
އޭގެފަހުގައި ލައިއަތު އެކަނބުލޭގެ ދަރިންނާއިއެކު ޢީސޫގެ ކުރިމައްޗަށް އައިސް އިޙުތިރާމު ކުރުމުގެ ގޮތުން ގުދުވެ ކުރުނީސް ކުރިއެވެ. އަދި އެންމެ ފަހުން ރާޙީލް އާއި ޔޫސުފުގެފާނު ވެސް ޢީސޫގެ ކުރިމައްޗަށް އައިސް ޢީސޫއަށް އިޙްތިރާމް ކުރުމުގެ ގޮތުން ގުދުވެ ކުރުނީސް ކުރިމެއެވެ.