ފެށުން 33:4 - ކިތާބުލް މުޤައްދަސާ4 ނަމަވެސް ޢީސޫ ޔަޢުޤޫބުގެފާނާއި ދިމާއަށް ދުވެފައި އައިސް އެކަލޭގެފާނު ހަށިކޮޅުގައި ބައްދާ އޮޅުލައިގަތުމަށް ފަހު ބޮސް ދިނެވެ. އެ ހިނދު އެ ދެބެއިންމެ ވަނީ އުފަލުން ގޮސް ދެލޮލުން ކަރުނަހިލި ރޮވޭ ޙާލުގައެވެ. အခန်းကိုကြည့်ပါ။ |
މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ.
އެއަށް ފަހު، ޔޫސުފުގެފާނު އެބައިމީހުންގެ ކުރިމަތިން ދުރަށް ވަޑައިގެންނެވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނަށް ބަންޔާމީން ފެނިވަޑައިގެންނެވުމުން ކުރި އަސަރަށް ކެތްތެރިވެ ވަޑައިނުގެންނެވިގެންނެވެ. އެހެންވެ، އެކަލޭގެފާނުގެ އަމިއްލަފުޅު ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނު ނުހަނު ގަދަޔަށް ކީރިތި ކުރެއްވިއެވެ.