Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 33:3 - ކިތާބުލް މުޤައްދަސާ

3 އެއަށް ފަހު އެކަލޭގެފާނު އާއިލާގެ އެންމެ ކުރީގައި ހުންނަވައިގެން ޢީސޫއާއި ބައްދަލު ކުރުމަށް ހިންގަވާ ވަޑައިގެންނެވިއެވެ. އަދި ޢީސޫއާއި ހަމައަށް ދެވުމުގެ ކުރިން، ޢީސޫއަށް ޤަދަރު ކުރުމުގެ ގޮތުން ބިންމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުޖައްސަވައި ހަތްފަހަރު ގުދުވެ ކުރުނީސް ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 33:3
12 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެކަލޭގެފާނަށް ބޭރަށް ބައްލަވާލެވުނެވެ. އެވަގުތު ތިން ބޭކަލަކު އެކަލޭގެފާނަށް ފެންނަފަށުގައި ކޮއްޅަށް ތިއްބެވިތަން ފެނިލެއްވުމާއިއެކު، އެބޭކަލުންނާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގެންފިއެވެ. ދެން މޫނުފުޅު ބިންމަތީގައި ޖައްސަވާ އެކަލޭގެފާނު އެބޭކަލުންނަށް ސަޖިދަ ކުރެއްވިއެވެ.


އަދި ދެ ޖާރިޔާއިން ކަމުގައިވާ ޒިލްފާ އާއި ބިލްހާ އާއި އަދި އެ ދެ ޖާރިޔާއިންނަށް ލިބިފައިވާ ދަރިން އެންމެ ކުރިޔަށް ނެރުއްވިއެވެ. އޭގެފަހަތަށް ލައިއަތު އާއި އެކަނބުލޭގެއަށް ލިބިފައިވާ ކުދިން ނެރުއްވައި އަދި އެންމެ ފަހަތުގައި ރާޙީލް އާއި ޔޫސުފުގެފާނު ބެހެއްޓެވިއެވެ.


އޭރު މިޞްރުގެ ގަވަރުވަނަރަކަށް ހުންނެވީ ޔޫސުފުގެފާނެވެ. އެކަލޭގެފާނަކީ އެ ހުރިހާ ގޮވާމެއް ވިއްކުމާ ހަވާލުވެ ހުންނެވި ވެރިޔާއެވެ. ޔޫސުފުގެފާނުގެ ބޭބެއިން އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިފިއެވެ.


ޔޫސުފުގެފާނު ގަނޑުވަރަށް ވަޑައިގަތުމުން، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ބިންމަތީ މޫނު ޖައްސައިގެން އެކަލޭގެފާނަށް ވެދުމަށް ގެނައި ހަދިޔާތައް އެރުވިއެވެ.


އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ.


ކަލޯ ތިޔަވަނީ އެހެންމީހެއްގެ އަތްދަށުވެފަ އެވެ. ކަލޯއަށް އޮތީ އެންމެ ގޮތެކެވެ. ގޮސް އޭނާއަށް އާދޭސްކޮށް އަވަސްގޮތަކުން އެ އެއްބަސްވުން އުވާލެވޭތޯ ބަލާށެވެ.


އެއީ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކިބުރުވެރިކަން ވާ ކޮންމެ މީހަކު ދަށްކުރެވޭނެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާ ކޮންމެ މީހަކު މަތި ކުރެއްވޭނެ.⁠“


ބައްޕާފުޅު އަހަރެން ދެނެވޮޑިގެންވޭ، އަހަރެން ބައްޕާފުޅު ވެސް ދަންނަން. ހަމަ އެފަދައިން އަހަރެންނާއި އަހަރެންގެ ކަންބަޅިތައް ވެސް އެކަކު އަނެކަކު ދަނޭ. އަދި އެ އެއްޗެއްސަށްޓަކައި އަހަރެން އަހަރެންގެ ފުރާނަވެސް ދޭނަން.


އެކަންބަޅިތައް އެތަނުން ނެރެގެން އޭނާ އެ އެއްޗެހި ފަހަތުލައިގެން ދާނެ. އަދި އެކަންބަޅިތައް އޭނާގެ ފަހަތުން ދާނެ. އެއީ އެ އެއްޗެއްސަށް އޭނާގެ އަޑު އެނގޭތީ.


ކުރީގައި ބަނޑު ފުރިފައި ހުރި މީހާ މިހާރު އެވަނީ ކާއެތިކޮޅަކަށްޓަކައި ބުރަ އުފުލަން ޖެހިފައި. ކުރީގައި ބަނޑުހައިވެފައި ހުރި މީހާ އެވަނީ ބަނޑު ފުރިފައި. ކުރީގައި ދަރިޔަކު ނުލިބޭ މީހާއަށް އެވަނީ ހަތް ދަރިން ލިބިފައި. ކުރީގައި ދަރިން ތިބި މީހާ އެވަނީ އެ ދަރިން ގެއްލި ބިކަވެފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ