Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 33:20 - ކިތާބުލް މުޤައްދަސާ

20 އެއަށް ފަހު އެތަނުގައި ޤުރުބާން ކުރުމަށް ހުންނަ ޚާއްސަ އައްޓެއް ހައްދަވައި ”⁠އީލު އިލާހު އިސްރާއީލު⁠“ ގެ ނަމުން އެ އައްޓަށް ނަން ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 33:20
10 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އަބްރާމް އެކަލޭގެފާނުގެ ފޭލިގެ ނަންގަވައިގެން ދަތުރުކުރައްވާ ގޮސް ޙަބްރޫނުގެ ސަރަހައްދުގައިވާ މަމްރާގެ ބޮޑެތި ގަސްތަކުގެ ކައިރީ ފޭލިގެ ޖެއްސެވިއެވެ. މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށްޓަކައި ޤުރުބާން ކުރުމަށް އައްޓެއް ބިނާކުރެއްވިއެވެ.


އިބްރާހީމްގެފާނު ސަރްމަދީ ގަހެއް ބިއުރުސަބްޢަގައި އިންދެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެތަނުގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރެއްވިއެވެ. އެކަލާނގެއީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއެވެ.


އެއަށް ފަހު އެމީހާ ބުންޏެވެ. ”⁠މީގެ ފަހުން ތިބާގެ ނަމަކީ ޔަޢުޤޫބެއް ނޫން. ތިބާގެ ނަމަކީ އިސްރާއީލު. ސަބަބަކީ ތިބާ އިންސާނުންނަށާއި އަދި މާތްކަލާނގެއަށް ދޫނުކޮށް ތަޅާފޮޅައިގެން ތިބާ މޮޅުވުން.⁠“


ޔަޢުޤޫބުގެފާނު ފޭލިގެތައް ޖެއްސެވި ބިމަކީ ޙަމޫރުގެ ދަރިފަސްކޮޅަށް މިލްކުވެގެންވީ ބިމެކެވެ. އެކަލޭގެފާނު މި ބިން ސަތޭކަ ރިހިލާރި ދެއްވާފައި ޝަކީމްގެ ބައްޕަ ޙަމޫރުގެ ދަރިންގެ އަތުން ބައްލަވައިގަތެވެ.


އެއްދުވަހަކު ދީނާ އެ ސަރަހައްދުގައި ފުރާވަރުގެ އަންހެން ކުދިންގެ ގާތަށް ދިޔައެވެ. މި ދީނާ އަކީ ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ދަރިއެކެވެ.


އެތަނުގައި މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”⁠ބައިތުއީލްގެ މާތްކަލާނގެ⁠“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.


ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.


ވީއިރު ވިދާޅުވެ ބައްލަވާ. ކަލޭގެފާނުގެ މީހުން ކަމުގައިވާ ބަނީއިސްރާއީލު މީހުން ބުނާގޮތުގައި އަޅުކަން ކުރުމަށް އެކަށީގެންވާ ތަނަކީ ހަމަ އެކަނި ޖެރޫސަލަމް. އެކަމު އަޅުގަނޑުގެ މީހުން ކަމުގައިވާ ސަމީރިއްޔާގެ މީހުން ބުނާގޮތުގައި މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ޖެހޭނީ ކާބަފައިން އަޅުކަންކުރި ފަދައިން މި ރަށުގައިވާ ގެރިޒިމް ފަރުބަދައިގައި. އެއީ ކީއްވެތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ