ފެށުން 33:18 - ކިތާބުލް މުޤައްދަސާ18 އެއަށް ފަހު ޔަޢުޤޫބުގެފާނު ސަލާމަތްކަމާއެކު މެސޮޕޮޓޭމިއާއިން ދަތުރު ކުރައްވައި ކަންޢާނަށް ވަޑައިގެންނެވިއެވެ. އަދި ކަންޢާނުގެ ރަށެއް ކަމުގައިވާ ޝަކީމްގެ ރަށްބޭރުގައި އެކަލޭގެފާނު ފޭލިގެތައް ޖެއްސެވިއެވެ. အခန်းကိုကြည့်ပါ။ |
އެބައިމީހުން އެސަރަހައްދަށް ދިޔުމަށް ފަހު ޔޫސުފުގެފާނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”ތިބާގެ އަޚުން ގޮސްވީ ޝަކީމް އާއި ކައިރި ސަރަހައްދެއްގައި ކަންބަޅިތަކާއިގެން ހުއިހެއްޕެވުމަށް. އަހަރެން ބޭނުން ވަނީ ތިބާ އެބައިމީހުންގެ ގާތަށް ޒިޔާރަތްކުރުމަށް.“ ޔޫސުފުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”އަޅުގަނޑު ދިއުމަށް ތައްޔާރުގައި ހުރީމު.“
އަހަރެން މި ހުރިހާ ކަމެއް މިފަދައިން މިކުރަނީ ތިބާގެ މައިކަނބަލުން ރާޙީލްއަށްޓަކައި. އަހަރެން ހުޅަނގު އުތުރު މެސޮޕޮޓޭމިއާއިން ދަތުރުކޮށް އައި މަގުމަތީގައި އަފްރާތާ އާއި މާ ދުރުނޫން ހިސާބެއްގައި ކަންޢާނުގައި ރާޙީލް ނިޔާވި. އޭރު އަހަރެމެން ދަތުރު ކުރަމުން ގެންދިޔައީ އަފްރާތާ އާއި ދިމާލަށް. މިކަންތަކުން އަހަރެންނަށް ވަރަށް ހިތްދަތިކަން ލިބުނު. އަދި އަފްރާތާއަށް ދާ މަގުގެ އެއްފަރާތުގައި އަހަރެން އޭނާ ވަޅުލިން.“ (މިހާރު އަފްރާތާގެ ނަމަކީ ބައިތުލަޙަމެވެ.)