Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 33:15 - ކިތާބުލް މުޤައްދަސާ

15 އެ ހިނދު ޢީސޫ ރައްދުގައި ބުންޏެވެ. ”⁠އެހެންކަމުގައިވާނަމަ އަހަރެންނާއި އެކުގައި މިވާ މީސްތަކުންގެ ތެރެއިން ބައެއް މީހުން ތިބާގެ ސަލާމަތަށާއި މަގު ދައްކައިދިނުމަށް ތިބާ އާއިއެކުގައި ގެންދޭ.⁠“ ޔަޢުޤޫބުގެފާނު އިޙުތިރާމާއެކު ވިދާޅުވިއެވެ. ”⁠ވަރަށް ބޮޑަށް ޝުކުރުވެރިވަމު. ތިބާގެ ރުހުން އަހަރެންނަށް ލިބުމުން އެމިންވަރު އަހަރެންނަށް ފުދިގެންވޭ. އަހަރެން ހަމައެކަނި ބޭނުން ވަނީ ތިބާގެ ރަޙުމަތްތެރިކަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 33:15
8 ပူးပေါင်းရင်းမြစ်များ  

މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.⁠“


އެހެން ކަމަށްވުމާއެކު، ޢީސޫ އަދޫމަށް އެނބުރި ދިއުމަށް ދަތުރުފެށިއެވެ.


ޝަކީމް އޭނާގެ ބައްޕަ ޙަމޫރުގެ ވަހާކައަށް އިތުރުކޮށްލުމުގެ ގޮތުން ދީނާގެ ބަފައިކަލުން ޔަޢުޤޫބުގެފާނާއި އެކަނބުލޭގެ ބޭބެމެންނަށް މިހެން ބުނިމެއެވެ. ”⁠އަހަރެންނަށް އޯގާތެރިވެދީ. އަދި އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ވުމަށް އަހަރެން ނުހަނު އެދެން. ތިޔަބައިމީހުން ކޮންމެ އެއްޗަކަށް އެދުނު ނަމަވެސް އެ އެއްޗެއް އަހަރެމެން ތިޔަބައިމީހުންނަށް ދޭނަން.


އެ މީސްތަކުން މިފަދައިން ބުންޏެވެ. ”⁠ކަލޭގެފާނު އަޅުގަނޑުމެންގެ ފުރާނަ ސަލާމަތް ކުރައްވައިފި. ހަމައެހެންމެ ރަސްގެފާނުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވުމުން އުފާވަމު.⁠“


ދެން ރަސްގެފާނު ވިދާޅުވެއްޖެއެވެ. ”⁠ތިޔަހެންވީއިރު މަފީބޫޝަތުގެ ހުރިހާ މުދަލެއް އަހަރެން ކަލެއަށް ދީފިން.⁠“ ސީބާ ދެންނެވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނުގެ ފައިންޕުޅުމައްޗަށް ކުރުނީސް ކުރަން. އަޅުގަނޑު އުންމީދު ކުރަނީ ކަލޭގެފާނު އަބަދުވެސް އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނަވާނެ ކަމަށް.⁠“


ރާޢޫތު ޖަވާބުގައި ބުންޏެވެ. ”⁠އަޅުގަނޑަކީ ސާހިބުގެ މަސައްކަތުގައި އުޅޭ އަންހެން ކުދިންގެ ތެރެއިން ހިމެނޭ މީހަކީމު އެއްވެސް ނޫނީމު. ނަމަވެސް ސާހިބު އަޅުގަނޑަށް ހިތްފަސޭހަކަން ދެއްވައި ތިޔަހާ އޯގާތެރިކޮށް އަޅުގަނޑާ ވާހަކަ ދައްކަވާ ތިޔަ ހެއްދެވީ ސާހިބުގެ ހެޔޮފުޅުކަމުން ކަން އަޅުގަނޑަށް ޔަޤީން ވޭ.⁠“


”⁠މި ޚާދިމާ އާއި މެދު ތިޔަ ސާހިބު ރުހިގެން ވާހުށި.⁠“ މިހެން ބުނެފައި އޭނާ އެތަނުން ގޮސް ކާއެއްޗެއް ކައިފިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާ މޮޅިވެރިކަން ވަނީ ފިލާފައެވެ.


އެމީހުން ކުރެން މިހެން އެހިޔަސް އެމީހުން ވެސް ބުނާނެއޭ އެއީ ތެދެކޭ. ސާހިބު ގާތު ދަންނަވާށޭ، މި ޒުވާނުންނާ މެދު ހެޔޮކޮށް ހިއްތަވާށޭ. މިއީ ޢީދު ދުވަސްވަރު ކަމަށް ވާތީ ތިމަން މީހުންނަކީ ވެސް ސާހިބުގެ ޚާދިމުން ކަމަށް ބައްލަވައި ސާހިބުގެ އަތުގައި ހުރިއްޔާ ހުރި ކާއެއްޗެއް ކަލޭގެ ރަޙުމަތްތެރި ދާއޫދުއަށާއި ތިމަންމެނަށް ވެސް ދެއްވާށޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ