12 ޢީސޫ ޔަޢުޤޫބުގެފާނަށް ބުންޏެވެ. ”އަހަރެމެންގެ މަގުގައި ދަތުރުކޮށް ކުރިއަށް ދަމާހިނގާ. އަހަރެން ތިބާ އާއިއެކުގައިވާނަމު.“
ތިބާއަށްޓަކައި އަހަރެން މިގެނައި ހަދިޔާ ބަލައިގަތުމަށް އަހަރެން އެދެން. މާތްކަލާނގެ ރަޙުމަތްވަންތަކަން އަހަރެންނަށް ލިބި އަހަރެންގެ އެންމެހާ ބޭނުންތަކެއް ފުދިގެންވޭ.“ އަދި ޔަޢުޤޫބުގެފާނު ކުރުނުކުރައްވައި އާދޭސް ދެންނެވުމުގެ ސަބަބުން އެ ތަކެތި ޢީސޫ ގަބޫލުކޮށް ބަލައިގަތެވެ.
ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ސާހިބާ، ޅަ ދަރިންނަށް ދަތުރު ކުރުމަކީ އުނދަގޫ ކަމެއް. އަދި އަހަރެންގެ ކަންބަޅިތަކާއި، ބަކަރިތަކުގެ ތެރޭގައި ޅަ އެއްޗެހި ހިމެނޭ. މާ ދުރަށް މާބާރަށް އެތަކެއްޗާއިގެން ދަތުރުކޮށްފިނަމަ އެތަކެތި މަރުވެދާނެ.