Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 33:10 - ކިތާބުލް މުޤައްދަސާ

10 ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނޫން. ތިބާގެ ލޮލުން އަހަރެންނާއިމެދުގައި ރުހޭކަން އަހަރެންނަށް ފެންނާނީ އަހަރެންގެ ފަރާތުން މި ހަދިޔާ ތިބާ ގަބޫލު ކުރުމުން. ތިބާ ފެނި އަދި ތިބާ އަހަރެންނަށް މަރުޙަބާ ކީ ހިނދު ތިބާގެ މޫނު ފެނުނު ހިނދު، މާތްކަލާނގެ މޫނުފުޅު ފެނުމެކޭ އެއްފަދަ ވީހެން އަހަރެންނަށް ހީކުރެވުނު.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 33:10
19 ပူးပေါင်းရင်းမြစ်များ  

ތިޔަބޭކަލުން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދެއްވާ ތިޔަކޮށްދެވީ ވަރަށްބޮޑު ހެޔޮކަމެއް. ނަމަވެސް ފަރުބަދަތައް އެވަނީ ވަރަށް ދުރުގަ އަޅުގަނޑު އެހިސާބަށް ނުފޯރަނީސް މިރަށަށް ފޮނުއްވޭ މުސީބާތުގައި ޖެހި އަޅުގަނޑު ވެސް މަރުވާނެ.


އެހެންވެ ޔަޢުޤޫބުގެފާނު އެތަނަށް ފަނޫއީލްގެ ނަމުން ނަންދެއްވައި މިފަދައިން ވިދާޅުވިއެވެ. ”⁠މިކަމުގެ ސަބަބަކީ އަހަރެންނަށް މާތްކަލާނގެ އެކަލާނގެ މޫނުފުޅު ހުރަހެއްނެތި ދައްކަވައި އަދި އަހަރެން މަރުން ދިންނަވައި ދެއްވުން.⁠“


ތިބާއަށްޓަކައި އަހަރެން މިގެނައި ހަދިޔާ ބަލައިގަތުމަށް އަހަރެން އެދެން. މާތްކަލާނގެ ރަޙުމަތްވަންތަކަން އަހަރެންނަށް ލިބި އަހަރެންގެ އެންމެހާ ބޭނުންތަކެއް ފުދިގެންވޭ.⁠“ އަދި ޔަޢުޤޫބުގެފާނު ކުރުނުކުރައްވައި އާދޭސް ދެންނެވުމުގެ ސަބަބުން އެ ތަކެތި ޢީސޫ ގަބޫލުކޮށް ބަލައިގަތެވެ.


ޢީސޫ ޖަވާބުގައި ބުންޏެވެ. ”⁠އަހަރެންގެ ލޮބުވެތި ކޮއްކޯ. އަހަރެންނަށް ގިނަގުނަ ތަކެތި ލިބިގެންވޭ. ތިބާގެ ބޭނުމަށްޓަކައި އެތަކެތި ބަހައްޓާ.⁠“


ނަމަވެސް ޔަހޫޛާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން އެރަށަށް ދާނަމަ އަހަރެމެންގެ ކޮއްކޮ ގޮވައިގެން ނޫންގޮތަކަށް އެރަށަށް ގޮސްގެން ނުވާނެ ކަމުގައި ބުނެ އެ ރަށުގެ އަމީރު ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ. އޭނާ ނުލައި އަހަރެމެން ދިޔަ ކަމުގައި ވިއަސް އެ ބޭފުޅާ އާއި ބައްދަލެއް ނުވާނެ.


އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) އެކަލޭގެފާނު އަވަހާރަވުމާއި ކައިރިވެއްޖެކަން އެނގިވަޑައިގެން އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠ތިބާ އަހަރެންދެކެ ލޯބިވާނަމަ އަހަރެންގެ ފައިގެ ފަލަމަސްގަނޑުގެ ދަށުގައި އަތް ޖައްސައި އަހަރެން މިޞްރުގައި ވަޅުނުލުމަށް ހުވައި ކުރޭ.


ހިތާމައިގެ ދުވަސްތައް ނިމުމަކަށް އައުމުން، ޔޫސުފުގެފާނު ފިރުޢައުނުގެ އެންމެހާ ވަޒީރުންނަށް މިފަދައިން ދެންނެވިއެވެ. ”⁠ތިޔަބައިމީހުން އަހަރެންނާއި މެދުގައި ރުހިގެންވާނަމަ، ރަސްގެފާނަށް މިފަދައިން ނަންގަނެދެއްވާ.


އެކަމަކު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަބްޝާލޫމް އޭނާގެ ގެޔަށް ފޮނުވާލާ! އޭނާ އަހަރެންގެ ގާތަށް ގެނަސްގެން ނުވާނެ.⁠“ އެހެންވެ އަބްޝާލޫމް އޭނާގެ ގެޔަށް ހިނގައްޖެއެވެ. އަބްޝާލޫމަކަށް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނުނެވެ.


އަބްޝާލޫމް ޖެރޫސަލަމުގައި އުޅޭތާ ދެ އަހަރު ވީއިރު ވެސް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނެއެވެ.


ޔުއާބު ބުންޏެވެ. ”⁠އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.⁠“


”⁠އެންމެ ރަނގަޅު.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކަންތައް ހަމަޖައްސާނަން. އެކަމަކު އަހަރެންގެ ޝަރުތެއް އެބޮތް. ޝާއުލް ރަސްގެފާނުގެ ދަރިކަނބަލުން މީކާލް ގޮވައިގެން ނޫން ގޮތަކަށް އަހަރެންގެ މޫނު ފެންނަ ހިސާބަށް ކަލޭ އައިސްގެން ނުވާނެ!⁠“


”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


އެބައިމީހުންނަށް އެކަލާނގެ މޫނުފުޅު ފެންނާނެއެވެ. އަދި އެކަލާނގެ ނަންފުޅު އެބައިމީހުންގެ ނިތްކުރިތަކުގައި ލިޔެވިގެން ވާނެއެވެ.


ރާޢޫތު ބޫޢަޒުގެ ކުރިމައްޗަށް ބިންމަތީ ނިތްޖެހެންދެން ގުދުވެފައި ބުންޏެވެ. ”⁠އަޅުގަނޑަކީ ބީރައްޓެއްސެއް. ސާހިބު އަޅުގަނޑަށް ތިޔަހާ ހެޔޮކޮށް ތިޔަ ހިއްތެވީ ކީއްވެތޯ؟⁠“


ދާއޫދު ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’⁠ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.⁠‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ