Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 32:7 - ކިތާބުލް މުޤައްދަސާ

7 މިޚަބަރު ޔަޢުޤޫބުގެފާނަށް އިވިވަޑައިގެންނެވި ހިނދު އެކަލޭގެފާނު ކަންބޮޑުވެ ބިރުފުޅުގެންވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ތިބިހާ ކަންބަޅިތަކާއި، ބަކަރިތަކާއި، ނަޢަމްސޫތްފިތަކާއި އަދި ދެން ވެސް ހުރި ހުރިހާތަކެއްޗެއް ދެބަޔަށް ބައްސަވާލައްވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 32:7
22 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާކޮ! އަޅާގެ ބޭބެ، ޢީސޫގެ ކިބައިން އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާނދޭވެ. އެކަލޭގެފާނު އައިސް އަޅާއަށް ޙަމަލާދީ އަޅާއާ އެކުގައި އަޅުގެ އަނބިންނާއި ދަރިން ގަތުލުކޮށްފާނޭ ކަމުގެ މައްޗަށް އަޅާ ބިރުވެތިވަމު.


ޔަޢުޤޫބުގެފާނު އެތަނުގައި ހުންނަވައި އެކަލޭގެފާނުގެ ބޭބެ ޢީސޫގެ ގާތަށް ޚަބަރާއިގެން ބަޔަކު ފޮނުއްވިއެވެ. އަދި އެ ދުވަސްތަކުގައި ޢީސޫ ދިރިއުޅެމުން ގެންދިޔައީ ސަޢީރުގެ ބިން ނުވަތަ އަދޫމް ގައެވެ.


އެކަލޭގެފާނުގެ ހިތްޕުޅަށް މިފަދައިން އަރާވަޑައިގަތެވެ. ”⁠ޢީސޫ އައިސް މިއިން އެއް ގާފިލާއަށް ޙަމަލަދިން ކަމުގައިވިއަސް އަނެއް ގާފިލާއަށް ސަލާމަތްވެގެން ދެވިދާނެ.⁠“


ޢީސޫ ހަތަރުސަތޭކަ ފިރިހެނުންނާއިގެން އަންނަތަން ދުރުން ޔަޢުޤޫބުގެފާނަށް ފެނިވަޑައިގެންނެވިއެވެ. އެހެންވެ، އަވަސްއަވަހަށް އެކަލޭގެފާނުގެ ދަރިން އެ ކުދިންގެ މައިންނާއި އެކުގައި ތިން ޖަމާޢަތަށް ބައްސަވައިލެއްވިއެވެ.


މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްކަލާނގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީ ހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.⁠“


ފިރުޢައުނުގެ ލަޝްކަރު އަންނަތަން ފެނުމުން އިސްރާއީލީން ކަންބޮޑުވެ ތެޅިފޮޅިގެންފިއެވެ. އެމީހުން ގަދަ އަޑުން މާތްރަސްކަލާނގެއަށް ގޮވައި ރޮއިހޭރެން ފަށައިފިއެވެ.


ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ.


”⁠އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟⁠“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.


އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.⁠“


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


އީސާ އަލްމަސީޙާއި އެކުގައިވެ ދީންމަތީ ދިރިއުޅެމުން ގެންދަން އެދޭ ކޮންމެ މީހަކުމެ ވޭނާއި ބޭއިންސާފުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ