ފެށުން 32:6 - ކިތާބުލް މުޤައްދަސާ6 މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.“ အခန်းကိုကြည့်ပါ။ |
އެ ހިނދު ޢީސޫ ރައްދުގައި ބުންޏެވެ. ”އެހެންކަމުގައިވާނަމަ އަހަރެންނާއި އެކުގައި މިވާ މީސްތަކުންގެ ތެރެއިން ބައެއް މީހުން ތިބާގެ ސަލާމަތަށާއި މަގު ދައްކައިދިނުމަށް ތިބާ އާއިއެކުގައި ގެންދޭ.“ ޔަޢުޤޫބުގެފާނު އިޙުތިރާމާއެކު ވިދާޅުވިއެވެ. ”ވަރަށް ބޮޑަށް ޝުކުރުވެރިވަމު. ތިބާގެ ރުހުން އަހަރެންނަށް ލިބުމުން އެމިންވަރު އަހަރެންނަށް ފުދިގެންވޭ. އަހަރެން ހަމައެކަނި ބޭނުން ވަނީ ތިބާގެ ރަޙުމަތްތެރިކަން.“
ޝަކީމް އޭނާގެ ބައްޕަ ޙަމޫރުގެ ވަހާކައަށް އިތުރުކޮށްލުމުގެ ގޮތުން ދީނާގެ ބަފައިކަލުން ޔަޢުޤޫބުގެފާނާއި އެކަނބުލޭގެ ބޭބެމެންނަށް މިހެން ބުނިމެއެވެ. ”އަހަރެންނަށް އޯގާތެރިވެދީ. އަދި އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ވުމަށް އަހަރެން ނުހަނު އެދެން. ތިޔަބައިމީހުން ކޮންމެ އެއްޗަކަށް އެދުނު ނަމަވެސް އެ އެއްޗެއް އަހަރެމެން ތިޔަބައިމީހުންނަށް ދޭނަން.