Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 32:4 - ކިތާބުލް މުޤައްދަސާ

4 ޔަޢުޤޫބުގެފާނު އެމީހުންނަށް މިފަދައިން ޚަބަރު ދެއްވުމަށް އެދިވަޑައިގަތެވެ. ”⁠މި ޚަބަރު އަހަރެންގެ ސާހިބު ޢީސޫއަށް ދީ: ’⁠ތިބާގެ ޚާދިމު ޔަޢުޤޫބުގެ ފަރާތުން ނިކަމެތި ކަމާއެކުގައި ތަހުނިޔާ ފޮނުވަމޭ! މިއަދާއި ޖެހެންދެން ވެސް އަހަރެން ދިރިއުޅެމުން ގެންދިޔައީ ބޮޑުބޭބެ ލަބާންގެ ކައިރީގައޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 32:4
23 ပူးပေါင်းရင်းမြစ်များ  

”⁠ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއް ފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.⁠“


އެ ހިނދު ޢީސޫ ޔަޢުޤޫބަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެން މިވަނީ ވަރަށް ބަނޑުހައިވެފަ. ތިބާ ތިޔަ ކައްކާ ރަތް ސުރުވާއިން ސުރުވާ ތައްޓެއް އަހަންނަށް ދީބަލަ.⁠“ (ޢީސޫއަށް އަދޫމުގެ ނަމުން މީހުން މުޚާތަބު ކުރަނީ މިހެން ވެގެންނެވެ.)


އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“


އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅުގެ މައްޗަށް ވެރިކަން ކުރުމުގެ ބާރު ޔަޢުޤޫބުއަށް އަހަރެން ދީފިން. އަދި އެކަލޭގެފާނުގެ އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުންނަކީ އެކަލޭގެފާނުގެ ޚާދިމުން ކަމުގައި ވުމަށް ނިންމައިފިން. އަދި އެކަލޭގެފާނަށް ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ދެއްވުމަށް އެދި ދެންނެވިއްޖެ. މަގޭ ދަރިފުޅާ. ދަރިފުޅަށް ދިނުމަށް އިތުރު އެއްވެސް ކަމެއް ދޫކޮށްލެވިފައި ނުވޭ؟⁠“


މިފަދަ އަޅުވެތި ގޮތެއްގައި ވިހިއަހަރު ތިބާއަށް ޚިދުމަތް ކޮށްދީފީމު. ތިބާގެ ދެ އަންހެން ދަރިން ޙާސިލުކުރުމުގައި އޭގެތެރެއިން ސާދައަހަރު ހޭދަކޮށް އަދި އޭގެ އިތުރުން ތިބާގެ އަތުން މި ކަންބަޅިބަކަރިތައް ލިބިގަތުމަށްޓަކައި ހަ އަހަރު ދުވަސް ހޭދަކުރީމު. އަދި މި މުއްދަތުގައި ތިބާ އަހަރެންގެ އުޖޫރައަށް ދިހަ ފަހަރު ބަދަލު ގެނައި!


އެ ހިނދު ތިބާ އޭނާއަށް މިފަދައިން ބުނޭ. ’⁠މިތަކެތި މިލްކު ވެގެން ވަނީ ޢީސޫގެ ޚާދިމު ޔަޢުޤޫބަށޭ. އޭނާ މިމަގުން ހިނގާފައި އެބަ އާދެޔޭ. މިތަކެއްޗަކީ އޭނާގެ ސާހިބު، ޢީސޫއަށް އޭނާ ފޮނުވި ހަދިޔާއޭ.⁠‘⁠“


އަދި މިއަދު ގޮންގަނޑުގެރި އާއި، ހިމާރާއި، ކަންބަޅިއާއި، ބަކަރީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ގިނަގުނަ އަޅުން އަހަރެންނަށް މިލްކުވެގެންވެޔޭ. މިޚަބަރު އަހަރެންގެ ސާހިބާއަށް މިފޮނުވަނީ އަހަރެންނަށް އިޚުލާސްތެރިކޮށް ހިތާނޭ ކަމުގެ އުންމީދުގައޭ.⁠‘⁠“


އެހެންވީމާ، ސާހިބާ، ތިބާގެ ޚާދިމުންނާއި އެކުގައި ކުރިއަށްދޭ. އަހަރެންގެ ދަރިންނާއި، މި ޖަނަވާރު ތަކާއި އަދި އެހެނިހެން ތަކެއްޗާއިގެން މަޑުމަޑުން ހިނގާފައި ކުރިއަށް ދާނަން. އަހަރެމެން ސާހިބާއާ ބައްދަލު ކުރާނީ އަދޫމަށް ދެވުނީމަ.⁠“


އެއަށް ފަހު ޢީސޫ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން މި އައި މަގުމަތީގައި ދިމާވި އެންމެހާ ޖަނަވާރުތައް އަހަރެންނަށް ފޮނުވުމުގެ މާނައަކީ ކޮބާ؟⁠“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ސާހިބާ، އެއީ ތިބާގެ ރަޙުމަތްތެރިކަމަށް އެދިގެން ފޮނުވުނު ހަދިޔާ.⁠“


އެހެންވީމާ ޢީސޫ ސަޢީރުގެ ފަރުބަދަތަކުގެ ކައިރި ފަށުގައި ދިރިއުޅެމުން ގެންދިޔައެވެ. (ޢީސޫއަށް އަދޫމްގެ ނަމުން ވެސް މުޚާތަބު ކުރެއެވެ.)


މިއީ ޢީސޫގެ ދަރިފަސްކޮޅު ފެށިގެން އައިގޮތެވެ. އޭނާއަކީ އަދޫމީންގެ ކާބަފައިކަލުންނެވެ. އެބައިމީހުން ދިރިއުޅެމުން ގެންދިޔައީ ފަރުބަދަމަތީ ރަށެއް ކަމުގައިވާ ސަޢީރުގައެވެ. ޢީސޫގެ ތިން އަނބިން ވިއެވެ. އެއީ ޢަދަތު، ބަސްމަތު އަދި އަހޫލީބާމަތުއެވެ. ތިރީގައިމިވަނީ އޭނާގެ ދަރިފަސްކޮޅު ފެށިގެން އައި ގޮތުގެ ވާހަކަތަކެވެ. ޢީސޫ އާއި ޢަދަތުއަށް ލިބުނު ފިރިހެން ދަރިއަކީ އަލީފާޒު އެވެ. އަދި އަލީފާޒަށް ލިބުނު ދަރިންނަކީ ތީމާން، އޫމާރު، ޞަފްވާ، ޖަޢްޘާމް އަދި ޤަނާޒު އެވެ. އަދި ޢީސޫގެ ދަރި އަލީފާޒުގެ ތިމްނާޢު އޭކިޔުނު ޖާރިޔާއަކު ވިއެވެ. މި ޖާރިޔާގެ ފަރާތުން އަލިފާޒަށް ލިބުނު ފިރިހެންދަރިއަކީ ޢަމާލިޤު އެވެ. ޢީސޫ އާއި ބަސްމަތަށް ލިބިފައިވާ ފިރިހެން ދަރިފުޅުގެ ނަމަކީ ރަޢޫއީލް އެވެ. އަދި މި ރަޢޫއީލްއަށް ލިބުނު ދަރިންނަކީ ނަޙަޘު، ޒާރަޙު، ޝައްމަތު އަދި މިއްޒަތު އެވެ. ޢީސޫ އާއި އަހޫލީބާމާއަށް ތިން ފިރިހެން ދަރިން ލިބިފައި ވިއެވެ. އެ ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް އަދި ޤޫރަޙު އެވެ.


ކަލޭ ވެސް ރަނގަޅަށް ކަންތައް ކުރަނީ ނަމަ ތިމަންކަލާނގެ ކަލެއާ ދޭތެރޭ ވެސް ރުހިވޮޑި ނުގަންނަވާ ނަމުތަ؟ ނަމަވެސް ކަލޭ ރަނގަޅަށް ކަންތައްތައް ނުކުރަނީ ނަމަ ކަލޭގެ ގޭގެ ދޮރުމަތީގައި ވެސް މިނިކާ ވަގެއް ފަދައިން ފާފަ އޮންނާނެ. އޭގެ ބޭނުމަކީ ކަލެއަށް ޙަމަލާދީ ކަލޭ އަތުލައިގަތުން. ކަލޭ ޖެހޭނީ އެއަށް ވުރެ ގަދަ ވާން.⁠“


”⁠ސާހިބާ، އަޅުގަނޑު ދެކެ ކޯފާ ނުވޭ.⁠“ ހާރޫނުގެފާނު ދެންނެވިއެވެ. ”⁠މި ވިޔާނުދާ މީހުންގެ ކަންތައް ހުންނަ ގޮތް ކަލޭގެފާނަށް ވެސް އެނގި ވަޑައިގަންނަވާނެ.


މަޑުމައިތިރި ޖަވާބަކުން އަނެކާގެ ރުޅިމަޑުވެއެވެ. ހަރުކަށި ޖަވާބަކުން ރުޅިގަނޑު ހުޅުފަޅައެވެ.


ކެތްތެރިކަން އަމީރުގެ ރުހުން ހޯދައެވެ. މަޑުމައިތިރި ބަސްތައް ދެކޮޅުވެރިންގެ މައިކަށި ބިންދާލައެވެ.


ކަލޯ ތިޔަވަނީ އެހެންމީހެއްގެ އަތްދަށުވެފަ އެވެ. ކަލޯއަށް އޮތީ އެންމެ ގޮތެކެވެ. ގޮސް އޭނާއަށް އާދޭސްކޮށް އަވަސްގޮތަކުން އެ އެއްބަސްވުން އުވާލެވޭތޯ ބަލާށެވެ.


އެއީ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކިބުރުވެރިކަން ވާ ކޮންމެ މީހަކު ދަށްކުރެވޭނެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާ ކޮންމެ މީހަކު މަތި ކުރެއްވޭނެ.⁠“


މިސާލަކަށް ބުނާނަމަ، ސާރާ އެކަނބުލޭގެ ފިރިކަލުން އިބްރާހީމްގެފާނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. އަދި އެކަނބުލޭގެ އިބްރާހީމްގެފާނަށް ސާހިބެއްގެ ގޮތުގައި މުޚާތަބުކުރެއްވިއެވެ. އެފަދައިން ތިޔަ ކަނބަލުންނަކީ އެކަމަނާގެ އަންހެން ދަރިންކަމުގައި ދެކޭށެވެ. ވީމާ ފިރިންނާއިމެދު ބިރުވެތިނުވެ ހެޔޮ ގޮތުގައި ޚިދުމަތްކުރާށެވެ.


ޝާއުލްގެފާނަށް ދާއޫދުގެ އަޑު އެނގިވަޑައި ގެންފިއެވެ. ވިދާޅުވިއެވެ. ”⁠ދަރިފުޅާ ދާއޫދު؟ ތިއީ ކަލޭގެ އަޑުތަ؟⁠“ ދާއޫދު ދެންނެވިއެވެ. ”⁠އާދެ ރަސްގެފާނު މަސާހިބު!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ