Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 32:31 - ކިތާބުލް މުޤައްދަސާ

31 އިރު އަރަމުން ދިޔަ ހިނދު ޔަޢުޤޫބުގެފާނު ފަނޫއީލު ދޫކުރައްވައި ވަޑައިގަންނަވަނީއެވެ. ނަމަވެސް އެކަލޭގެފާނުގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާގެ ވޭނުން ހިންގެވެނީ ކޮރު ޖައްސަވަމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 32:31
19 ပူးပေါင်းရင်းမြစ်များ  

އެހެންވެ އެބަސްފުޅު ވަޙީކުރެއްވި ކަލާނގެ ނަންފުޅުން ހާޖަރު ގޮވާލެއްވިއެވެ. ”⁠އިނބަރަސްކަލާގެއަކީ ބައްލަވާ ވޮޑިގެންވާ ކަލާނގެ.⁠“ ދެން އޭނާ ހިތާހިތާ ވިދާޅުވިއެވެ. ”⁠އަޅުގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ކަލާނގެ އަސްލުގައި ވެސް އަޅަށް ފެނިއްޖެ.⁠“


އެރޭގެ ފަތިހު އެމަލާއިކަތުން ތަކުރާރުކޮށް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠އަވަސްކުރޭ. ތިބާގެ އަނބިމީހާއާއި މިތާ މިތިބަ ތިބާގެ ދެ އަންހެންދަރިން ގޮވައިގެން އަވަހަށް ވަޑައިގަންނަވާ. އެހެން ނޫނީ މިރަށް ނެތިގެން ދާއިރު ތިޔަބައިމީހުން ވެސް ނެތިވެ ހިނގައިދާނެ.⁠“


ލޫޠުގެފާނަށް ޞޫޣަރުއަށް ވަޑައިގެންނެވުނީ އިރު އަރަނިކޮންނެވެ.


އެމީހާއަށް ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަ ނުވެވޭނޭހެން ހީވުމުން އެކަލޭގެފާނުގެ އުކުޅުވަޅުގައި އަތްޖައްސައި، އެކަލޭގެފާނުގެ އުކުޅުވަޅުގެ ހުޅު ނައްޓުވައިފިއެވެ.


މިސަބަބަށްޓަކައި މިކަމުގެ ހަނދާނެއްގެ ގޮތުން މިއަދާއި ހަމައަށް ވެސް އިސްރާއީލު ބާގައިގެ މީހުން އެއްވެސް ޖަނަވާރެއްގެ އުކުޅުވަޅުގެ ހުޅުގައިވާ މަހެއް ނުކައެވެ.


އެ ހިނދު އެބޭކަލުންނަށް އިސްރާއީލުގެ ވެރި އިލާހު ފެނި ވަޑައިގަތެވެ. އެކަލާނގެ ފައިންޕުޅުގެ ދަށުގައި ހީވަނީ ނޫ ޖަވާހިރުތަކެއްގެ ތަޅުމެއް އެޅިފައި އޮތް ހެންނެވެ. އެތަން އުދަރެސްހާ ނޫ ވެފައި ސާފެވެ.


އިސްރާއީލުގެ މި އިއްޒަތްތެރިން އެކަލާނގެއަށް ބެލި ކަމުގައި ވިޔަސް އެކަލާނގެ އެބޭކަލުން ނައްތައެއް ނުލައްވައެވެ. އަދި ކީތްހެއްޔެވެ! އެމީހުން އެކަލާނގެ ޙަޟްރަތުގައި ކައިބޮއި ވެސް ހެދިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ