Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 32:28 - ކިތާބުލް މުޤައްދަސާ

28 އެއަށް ފަހު އެމީހާ ބުންޏެވެ. ”⁠މީގެ ފަހުން ތިބާގެ ނަމަކީ ޔަޢުޤޫބެއް ނޫން. ތިބާގެ ނަމަކީ އިސްރާއީލު. ސަބަބަކީ ތިބާ އިންސާނުންނަށާއި އަދި މާތްކަލާނގެއަށް ދޫނުކޮށް ތަޅާފޮޅައިގެން ތިބާ މޮޅުވުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 32:28
24 ပူးပေါင်းရင်းမြစ်များ  

އަދިވެސް މާތްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މީގެ ފަހުން ތިބާގެ އަންހެނުންނަށް ސާރާއީ ގެ ނަމުން މުޚާތަބު ކުރައްވައިގެން ނުވާނެ. މިހިނދުން ފެށިގެން އެ ކަނބުލޭގެ ނަމަކަށް ވާންޖެހޭނީ ސާރާ. ތިމަންކަލާނގެ ނިޢުމަތްފުޅު އެކަނބުލޭގެއަށް ލިބިގެންވޭ. ތިމަންކަލާނގެ އެކަނބުލޭގެއަށް ދަރިއަކު ދެއްވާނަން. ތިމަންކަލާނގެ ހެޔޮ ރަޙުމަތާއި ނިޢުމަތުން އެކަނބުލޭގެ ޤައުމު ތަކެއްގެ މައިކަނބަލެއް ކަމުގައި ލައްވާނަން. ގިނަގުނަ ރަސްކަލުން އެކަނބުލޭގެ ދަރިފަސްކޮޅުން އުފަން ކުރައްވާނަން.⁠“


ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިބާއަށް ސުރުވާ ތައްޓެއް ދޭނީ އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ޙައްޤު އަހަރެންނަށް ވިއްކާ ގޮތުގެ މަތިން.⁠“


ނަމަވެސް އެރޭ ލަބާންއަށް ހުވަފެނުގައި މާތްކަލާނގެ މިފަދައިން ވަޙީކުރައްވައި އިންޒާރު ދެއްވިއެވެ. ”⁠ޔަޢުޤޫބާ ކަލޭ މުޚާތަބު ކުރާއިރު ސަމާލުވޭ! އެއްވެސް ގޮތަކުން ޔަޢުޤޫބަށް އަނިޔާވެރިނުވާތި.⁠“


ނަމަވެސް ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މީސްތަކުންގެ ބިއްދޮށުގައި އެކަލޭގެފާނުގެ އާއިލާ އާއި އެކަހެރިވެވަޑައިގެން ހުންނެވިއެވެ. އެތަނުގެ ފުރަގަހުގައި އެކަލޭގެފާނު ގިނިކަންޏާ ހުންނަވަނިކޮށް ކުއްލިއަކަށް މީހަކު އައިސް އެކަލޭގެފާނުގެ ހަށިކޮޅުގައި ބެއްދިއެވެ. އަދި ފަތިސް ވެއްޖައުމަށް ދާންދެން އެމީހާ ޔަޢުޤޫބުގެފާނާއި ބަނޑުމުސާރައަށް ބައްދަމުން ދިޔައެވެ.


އެމީހާ ޔަޢުޤޫބުގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠ތިބާގެ ނަމަކީ ކޮބާ؟⁠“ ޔަޢުޤޫބުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠ޔަޢުޤޫބު.⁠“


އެއަށް ފަހު އެތަނުގައި ޤުރުބާން ކުރުމަށް ހުންނަ ޚާއްސަ އައްޓެއް ހައްދަވައި ”⁠އީލު އިލާހު އިސްރާއީލު⁠“ ގެ ނަމުން އެ އައްޓަށް ނަން ދެއްވިއެވެ.


ނަމަވެސް ޢީސޫ ޔަޢުޤޫބުގެފާނާއި ދިމާއަށް ދުވެފައި އައިސް އެކަލޭގެފާނު ހަށިކޮޅުގައި ބައްދާ އޮޅުލައިގަތުމަށް ފަހު ބޮސް ދިނެވެ. އެ ހިނދު އެ ދެބެއިންމެ ވަނީ އުފަލުން ގޮސް ދެލޮލުން ކަރުނަހިލި ރޮވޭ ޙާލުގައެވެ.


މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ނަމަކީ ޔަޢުޤޫބު ކަމުގައިވިޔަސް މިހިނދުން ފެށިގެން ތިބާގެ ނަމަކީ އިސްރާއީލު.⁠“ މިގޮތުން މާތްރަސްކަލާނގެ އެކަލޭގެފާނަށް އިސްރާއީލުގެ ނަމުން ވަޙީ ކުރެއްވިއެވެ.


އޭގެ ފަހުން މާތްރަސްކަލާނގެ ނާޘާން ނަބީކަލޭގެފާނު މެދުވެރި ކުރައްވައި ސުލައިމާނަށް ޔަދީދިޔާގެ ނަމުން ނަން ދެއްވިއެވެ.


މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.


އަންދުރާއި އީސާގެފާނުގެ އަރިހަށް ޝަމްއޫނު ގެންދިޔައެވެ. އީސާގެފާނު ވަރަށް ފުން ނަޒަރަކުން ޝަމްއޫނުއާއި ދިމާއަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. ”⁠ކަލެއަކީ ޔޫޙަންނާގެ ދަރި ޝަމްއޫނު. ނަމަވެސް މިއަދުން ފެށިގެން ކަލޭގެ ނަމަކީ ކީފާ.⁠“ ކީފާގެ މާނައަކީ ޕަތަރަސްއެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.⁠“


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ ދާއޫދު. ކަލެއަށް ބަރަކާތް ހުރި. ކަލެއަށް ނަސްރު ލިބި ކުރި އަރައިގެން ދާނެ.⁠“ ދެން ދާއޫދު ދާނެ ދިމާއަކަށް ހިނގައްޖެއެވެ. ޝާއުލްގެފާނު ރަށަށް ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ