Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 32:21 - ކިތާބުލް މުޤައްދަސާ

21 އެގޮތުން އެކަލޭގެފާނަށް ވުރެން ކުރީގައި އެ ހަދިޔާތައް ފޮނުއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެތަނުގައި އެރޭ މަޑުކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 32:21
7 ပူးပေါင်းရင်းမြစ်များ  

އަދި ޔަޤީން ކަމާއެކު މިހެން ވެސް ބުނަންވާނެ. ’⁠ޢީސޫގެ ޚާދިމު، ޔަޢުޤޫބު މިތަކެތީގެ ފަސްފަހަތުން އެބަ އާދެޔޭ.⁠‘⁠“ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް މިފަދައިން ވެސް އަރާވަޑައިގެންނެވިއެވެ. ”⁠މި ހަދިޔާތަކުން ޢީސޫގެ މައްޗަށް އަހަރެންނަށް ކާމިޔާބު ލިބިދޭނެ. އަދި އަހަރެންނާއި އޭނާ ބައްދަލުވާ ހިނދު ފަހަރެއްގައި އަހަރެންނާމެދު ރުހި މަޢާފު ދީފާނެމެ.⁠“


އެރޭ ޔަޢުޤޫބުގެފާނު ތެދުވެވަޑައިގަންނަވައި އެކަލޭގެފާނުގެ ދެއަނބިކަނބަލުންނާއި، އެކަލޭގެފާނުގެ ދެ ޖާރިޔާއިންނާއި އަދި އެގާރަ ދަރިކަލުންގެ އިތުރުން އެކަލޭގެފާނުގެ މިލްކުގައި ވީ އެންމެހާ މުދަލާއިގެން ރައްކާތެރިކަމާއި އެކުގައި ޔައްބޫޤު ކޯރު ހުރަސް ކުރެއްވިއެވެ.


ތިބާއަށްޓަކައި އަހަރެން މިގެނައި ހަދިޔާ ބަލައިގަތުމަށް އަހަރެން އެދެން. މާތްކަލާނގެ ރަޙުމަތްވަންތަކަން އަހަރެންނަށް ލިބި އަހަރެންގެ އެންމެހާ ބޭނުންތަކެއް ފުދިގެންވޭ.⁠“ އަދި ޔަޢުޤޫބުގެފާނު ކުރުނުކުރައްވައި އާދޭސް ދެންނެވުމުގެ ސަބަބުން އެ ތަކެތި ޢީސޫ ގަބޫލުކޮށް ބަލައިގަތެވެ.


އެއަށް ފަހު އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރައްވައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަކަމުގައި އިތުރު އެހެން ގޮތެއް ނެތް ކަމުގައިވާނަމަ އަހަރެން މި ބުނާ ފަދައިން އަމަލުކުރޭ. މި ރަށުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތަކުން ކަލޭމެންގެ ގޯނިތައް ފުރާލާ. ބާމާއި، މާމުޔާއި، ހުވަނދާއި ޕިސްތާ ބަދަނާއި އަލްމަންޑުގެ އިތުރުން ހަވާދުގެ ބާވަތްތައް އެ ރަށުގެ އަމީރަށް ހަދިޔާގެ ގޮތުގައި ގެންދޭ.


ރިޝްވަތުދޭ މީހާ ހީކުރަނީ އެއީ ޖާދޫގެ ހިލަކޮޅެއް ކަމަށެވެ. ރިޝްވަތު ދިނުމުން އޭނާ ބޭނުންހާ ކަމެއް ވެދާނެ ކަމަށެވެ.


ދެން އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ކުރީގައި ތިބެގެން ދޭ. އަހަރެން ފަހަތުން އެބަ އަންނަން.⁠“ އޭނާ މިކަންތައް ކުރީ ނާބާލްއަށް އެންގުމެއް ނެތިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ