Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 32:17 - ކިތާބުލް މުޤައްދަސާ

17 އެއަށް ފަހު ޖަނަވާރު އައިނުގެ ފުރަތަމަ އައިން ބަލަހައްޓަންހުރި ޚާދިމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާއާ ޢީސޫ ބައްދަލުވާ ހިނދު އެކަލޭގެފާނު ތިބާގެ ގާތުން ތިބާއަކީ ކާކުގެ ޚާދިމެއްތޯ ސުވާލުކުރާނެ. ތިބާ ދަނީ ކޮންތާކަށްތޯ އާއި އަދި ތިބާގެ ކުރިމަތީގައިވާ ޖަނަވާރުތަކުގެ މިލްކުވެރިޔަކީ ކާކުތޯ ބަލަން އޭނާ ބޭނުންވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 32:17
3 ပူးပေါင်းရင်းမြစ်များ  

ޔަޢުޤޫބުގެފާނު މި ޖަނަވާރު އައިންތައް ބައިބަޔަށް ބައިކުރައްވައި ކޮންމެ ބައެއް ބެލެހެއްޓުމަށްޓަކައި އެކަލޭގެފާނުގެ ޚާދިމުންނާއި ޙަވާލުކުރައްވައި ވިދާޅުވިއެވެ. ”⁠އަހަރެންނަށް ވުރެން ކުރިން މިތަކެތި ގޮވައިގެންދޭ. ކޮންމެ ޖަނަވާރު އައިނެއް ގޮވައިގެން ދާއިރު ވަކިވަކިން އައިންތައް ގެންދޭ. އަދި ޖަނަވާރު އައިންތައް ގެންދާއިރު ކޮންމެވެސް މިންވަރެއްގެ ދުރުމިނެއް ދެ އައިން ދޭތެރޭގައި ބަހައްޓާ.⁠“


އެ ހިނދު ތިބާ އޭނާއަށް މިފަދައިން ބުނޭ. ’⁠މިތަކެތި މިލްކު ވެގެން ވަނީ ޢީސޫގެ ޚާދިމު ޔަޢުޤޫބަށޭ. އޭނާ މިމަގުން ހިނގާފައި އެބަ އާދެޔޭ. މިތަކެއްޗަކީ އޭނާގެ ސާހިބު، ޢީސޫއަށް އޭނާ ފޮނުވި ހަދިޔާއޭ.⁠‘⁠“


އެއަށް ފަހު އެކަލޭގެފާނު އާއިލާގެ އެންމެ ކުރީގައި ހުންނަވައިގެން ޢީސޫއާއި ބައްދަލު ކުރުމަށް ހިންގަވާ ވަޑައިގެންނެވިއެވެ. އަދި ޢީސޫއާއި ހަމައަށް ދެވުމުގެ ކުރިން، ޢީސޫއަށް ޤަދަރު ކުރުމުގެ ގޮތުން ބިންމަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅުޖައްސަވައި ހަތްފަހަރު ގުދުވެ ކުރުނީސް ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ