Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 32:16 - ކިތާބުލް މުޤައްދަސާ

16 ޔަޢުޤޫބުގެފާނު މި ޖަނަވާރު އައިންތައް ބައިބަޔަށް ބައިކުރައްވައި ކޮންމެ ބައެއް ބެލެހެއްޓުމަށްޓަކައި އެކަލޭގެފާނުގެ ޚާދިމުންނާއި ޙަވާލުކުރައްވައި ވިދާޅުވިއެވެ. ”⁠އަހަރެންނަށް ވުރެން ކުރިން މިތަކެތި ގޮވައިގެންދޭ. ކޮންމެ ޖަނަވާރު އައިނެއް ގޮވައިގެން ދާއިރު ވަކިވަކިން އައިންތައް ގެންދޭ. އަދި ޖަނަވާރު އައިންތައް ގެންދާއިރު ކޮންމެވެސް މިންވަރެއްގެ ދުރުމިނެއް ދެ އައިން ދޭތެރޭގައި ބަހައްޓާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 32:16
9 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޖަނަވާރު އައިނުގެ ފުރަތަމަ އައިން ބަލަހައްޓަންހުރި ޚާދިމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާއާ ޢީސޫ ބައްދަލުވާ ހިނދު އެކަލޭގެފާނު ތިބާގެ ގާތުން ތިބާއަކީ ކާކުގެ ޚާދިމެއްތޯ ސުވާލުކުރާނެ. ތިބާ ދަނީ ކޮންތާކަށްތޯ އާއި އަދި ތިބާގެ ކުރިމަތީގައިވާ ޖަނަވާރުތަކުގެ މިލްކުވެރިޔަކީ ކާކުތޯ ބަލަން އޭނާ ބޭނުންވާނެ.


އަދި ޔަޤީން ކަމާއެކު މިހެން ވެސް ބުނަންވާނެ. ’⁠ޢީސޫގެ ޚާދިމު، ޔަޢުޤޫބު މިތަކެތީގެ ފަސްފަހަތުން އެބަ އާދެޔޭ.⁠‘⁠“ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް މިފަދައިން ވެސް އަރާވަޑައިގެންނެވިއެވެ. ”⁠މި ހަދިޔާތަކުން ޢީސޫގެ މައްޗަށް އަހަރެންނަށް ކާމިޔާބު ލިބިދޭނެ. އަދި އަހަރެންނާއި އޭނާ ބައްދަލުވާ ހިނދު ފަހަރެއްގައި އަހަރެންނާމެދު ރުހި މަޢާފު ދީފާނެމެ.⁠“


ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ.


”⁠އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.


ދެން އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ކުރީގައި ތިބެގެން ދޭ. އަހަރެން ފަހަތުން އެބަ އަންނަން.⁠“ އޭނާ މިކަންތައް ކުރީ ނާބާލްއަށް އެންގުމެއް ނެތިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ