ފެށުން 32:13 - ކިތާބުލް މުޤައްދަސާ13-15 އެރޭ ޔަޢުޤޫބުގެފާނު އެތަނުގައި ހޭދަ ކުރެއްވުމަށް ފަހު، އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ދުއިސައްތަ ބަކަރިއާއި ވިހި ގިތެލާއި، ދުއިސައްތަ އަންހެން ކަންބަޅިއާއި، ވިހި ފިރިހެން ކަންބަޅިއާއި ތިރީސް އަންހެން ޖަމަލު އެތަކެތީގެ ދަރިންނާއި އެކުގައްޔާއި، ސާޅީސް އަންހެން ގެރިއާއި ދިހަ ފިރިހެން ގެރީގެ އިތުރުން ވިހި އަންހެން ހިމާރާއި ދިހަ ފިރިހެން ހިމާރު ޢީސޫއަށް ހަދިޔާގެ ގޮތުގައި ޔަޢުޤޫބުގެފާނު ތައްޔާރު ކުރެއްވިއެވެ. အခန်းကိုကြည့်ပါ။ |
ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”ނޫން. ތިބާގެ ލޮލުން އަހަރެންނާއިމެދުގައި ރުހޭކަން އަހަރެންނަށް ފެންނާނީ އަހަރެންގެ ފަރާތުން މި ހަދިޔާ ތިބާ ގަބޫލު ކުރުމުން. ތިބާ ފެނި އަދި ތިބާ އަހަރެންނަށް މަރުޙަބާ ކީ ހިނދު ތިބާގެ މޫނު ފެނުނު ހިނދު، މާތްކަލާނގެ މޫނުފުޅު ފެނުމެކޭ އެއްފަދަ ވީހެން އަހަރެންނަށް ހީކުރެވުނު.
އެއަށް ފަހު އެބައިމީހުންގެ ބަފައިކަލުން ޔަޢުޤޫބުގެފާނު އެބައިމީހުންނާއި މުޚާތަބު ކުރައްވައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަކަމުގައި އިތުރު އެހެން ގޮތެއް ނެތް ކަމުގައިވާނަމަ އަހަރެން މި ބުނާ ފަދައިން އަމަލުކުރޭ. މި ރަށުން ލިބެންހުރި އެންމެ ރަނގަޅު ބާވަތްތަކުން ކަލޭމެންގެ ގޯނިތައް ފުރާލާ. ބާމާއި، މާމުޔާއި، ހުވަނދާއި ޕިސްތާ ބަދަނާއި އަލްމަންޑުގެ އިތުރުން ހަވާދުގެ ބާވަތްތައް އެ ރަށުގެ އަމީރަށް ހަދިޔާގެ ގޮތުގައި ގެންދޭ.
އެމީހުން ކުރެން މިހެން އެހިޔަސް އެމީހުން ވެސް ބުނާނެއޭ އެއީ ތެދެކޭ. ސާހިބު ގާތު ދަންނަވާށޭ، މި ޒުވާނުންނާ މެދު ހެޔޮކޮށް ހިއްތަވާށޭ. މިއީ ޢީދު ދުވަސްވަރު ކަމަށް ވާތީ ތިމަން މީހުންނަކީ ވެސް ސާހިބުގެ ޚާދިމުން ކަމަށް ބައްލަވައި ސާހިބުގެ އަތުގައި ހުރިއްޔާ ހުރި ކާއެއްޗެއް ކަލޭގެ ރަޙުމަތްތެރި ދާއޫދުއަށާއި ތިމަންމެނަށް ވެސް ދެއްވާށޭ.“