ފެށުން 32:11 - ކިތާބުލް މުޤައްދަސާ11 މާތްރަސްކަލާކޮ! އަޅާގެ ބޭބެ، ޢީސޫގެ ކިބައިން އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާނދޭވެ. އެކަލޭގެފާނު އައިސް އަޅާއަށް ޙަމަލާދީ އަޅާއާ އެކުގައި އަޅުގެ އަނބިންނާއި ދަރިން ގަތުލުކޮށްފާނޭ ކަމުގެ މައްޗަށް އަޅާ ބިރުވެތިވަމު. အခန်းကိုကြည့်ပါ။ |
މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.“
ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލެއްވުމުގެ ރޭވުން ޢީސޫ ރާވަމުން ގެންދާކަން މީސްތަކުންނަށް އެނގުމުން އެބައިމީހުން ރިފްޤާއަށް މި ޚަބަރު ދިނެވެ. އެއަށް ފަހު އެކަމަނާ ޔަޢުޤޫބުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”އަޑުއަހާ، ދަރިފުޅުގެ ބޭބެ ދަރިފުޅުގެ މައްޗަށް ބަދަލުހިފުމުގެ ގޮތުން ދަރިފުޅު މަރާލުމުގެ ރޭވުން އެބަރާވާ.